މަގުމަތީގެ ނުރައްކާތެރި ހާދިސާތައް ހިނގުމަށް މެދުވެރިވަނީ ހަމައެކަނި ބާރުދުވެލީގައި ދުއްވުމުން ނުވަތަ ދުއްވާ މީހާގެ ފަރުވާކުޑަކަމުން އެކަންޏެއް ނޫނެވެ. މިފަދަ ހިތާމަވެރި ހާދިސާތައް އިތުރުވާން ދިމާވާ އެންމެ ބޮޑު އެއް ސަބަބަކީ، ދުއްވަން އެކަށީގެންނުވާ އުޅަނދުފަހަރުގެ ރައްކާތެރިކަން ކަށަވަރުކުރުމެއް ނެތި "ރޯޑްވާދިނަސް" ސެޓްފިކެޓް ދޫކުރުމެވެ. މިއީ ދައުލަތުގެ ކަމާބެހޭ އިދާރާތަކާއި އާންމު ރައްޔިތުން މިއަދު ފުންކޮށް ވިސްނައި، ހައްލު ހޯދަންޖެހިފައިވާ ނުހަނު ސީރިއަސް މައްސަލައެކެވެ.
މިއަދު ޓްރާންސްޕޯޓް އޮތޯރިޓީން ހުއްދަ ދީފައިވާ ބައެއް ގަރާޖުތަކަށް ރޯޑްވާދިނަސް ސެޓްފިކެޓް ދޫކުރުމުގެ ބާރު ވަނީ ދީފައެވެ. ސަރުކާރުން މިފަދަ އިންސްޕެކްޝަންތަކެއް ހަދަން ލާޒިމުކޮށްފައިވަނީ އުޅަނދު ދުއްވާ ފަރާތުގެ އިތުރުން، މަގުމަތީގެ އެހެނިހެން ބޭނުންތައް ކުރާ މީހުންގެ ސަލާމަތާއި ރައްކާތެރިކަމަށް އިސްކަންދީގެންނެވެ. މި އިންސްޕެކްޝަންތަކުގެ މައިގަނޑު މަގުސަދަކީ އުޅަނދަކީ މަގުމަތީގައި ދުއްވަން ފަންނީ ގޮތުން އެކަށީގެންވާ، ރައްކާތެރި އެއްޗެއްކަން ކަށަވަރުކުރުމެވެ. މީގެ ތެރޭގައި ފުރޮޅު، ބްރޭކް، ސްޓިއަރިންގް، ލައިޓްތައް، ޝޮކް އެބްސޯބަރު އަދި އިންޖީނުގެ ހާލަތު ފަދަ ސަލާމަތީ ގޮތުން މުހިންމު ހުރިހާ ބައިތަކެއް ބަލައި ފާސްކުރުން ހިމެނެއެވެ. ނަމަވެސް އުފެދޭ ސުވާލަކީ، މި ފަންނީ މިންގަނޑުތަކަށް ފުރިހަމައަށް ބަލައި ފާސްކުރަނީ ކިތައް ތަނުންތޯއެވެ؟
ރޯޑްވާދިނަސް ހެދުމަށް ކަނޑައަޅާފައިވާ ފީއަކީ ނިސްބަތުން ވަރަށް ކުޑަ އަދަދެކެވެ. މިސާލަކަށް ސައިކަލަކަށް އެއީ ގާތްގަނޑަކަށް 69 ރުފިޔާއެވެ. މި ކުޑަ ފީގެ ސަބަބުން، ބައެއް ތަންތަނުން ކޮންމެ އުޅަނދެއް ވަކިވަކިން ފަރުވާތެރިކަމާއެކު ބެލުމަކީ ވަގުތު ބޭކާރުކުރުން ކަމަށް ދެކި، އެކަމަށް އިހުމާލުވެދާނެއެވެ. އަދި ބައެއް ހާލަތްތަކުގައި އުޅަނދު އެ ތަނަށް ނުގެންގޮސްވެސް، އިތުރަށް ކުޑަ ފައިސާކޮޅެއް ދިނުމުން ސެޓްފިކެޓް ލިބޭކަމުގެ ޝަކުވާތަކަކީ އާންމު ވާހަކަތަކެކެވެ. މިއީ ހަޤީގަތެއް ކަމުގައިވާނަމަ، މިއީ މުޅި މުޖުތަމައުގެ ސަލާމަތަށް އޮތް ބޮޑު ނުރައްކަލެކެވެ.
ވަގުތު ސަލާމަތްކުރުމަށް ނުވަތަ އިންސްޕެކްޝަން މަރުހަލާއިން ރެކުމަކީ ކުޑަ ކަމެއް ކަމަށް ހީވި ނަމަވެސް، އެންމެ ކުޑަ އިހުމާލަކުންވެސް މުޅި އާއިލާއެއްގެ މުސްތަގުބަލު ބަރުބާދުވެދާނެއެވެ. މިސާލަކަށް، ބްރޭކް ނަރު ނުވަތަ އެކްސަލަރޭޓަރު ނަރު ދަބަރު ޖަހާފައި ހުއްޓާ، ދުއްވަނިކޮށް ނަރު ތާށިވުމަކީ ވަރަށް ގާތް ކަމެކެވެ. އެފަދަ ހާލަތެއްގައި އުޅަނދު ކޮންޓްރޯލުން ނެއްޓި ހިތާމަވެރި ހާދިސާއެއް ހިނގައިދާނެއެވެ. ހަމައެކަނި ފުރޮޅުތަކުގެ ހާލަތު ބަލައިލުމުންވެސް، ވާރޭވެހި މަގު ކަސްތިލަވާ ވަގުތުތަކުގައި ދިމާވާ އެކްސިޑެންޓްތަކުން ސަލާމަތްވެވުނީހެވެ.
މިއަށްވުރެ ކަންބޮޑުވާންޖެހޭ އަނެއް ކަމަކީ، މަގުމަތީގައި ދުއްވާ އުޅަނދުފަހަރު ކުއްލި ގޮތަކަށް ބަލައި ފާސްކޮށްފިނަމަ، އޭގެ ތެރެއިން ބޮޑު ބައެއް ރޯޑްވާދިނަސް މިންގަނޑަށް ނުފެތުމަކީ އެކަށީގެންވާ ކަމެކެވެ. ގިނަ އުޅަނދުތަކުގެ ބްރޭކާއި، ފުރޮޅާއި، ލައިޓްތަކުގެ އިތުރުން ސްޓިއަރިންގްގެ ސީރިއަސް މައްސަލަތައް ހުރެދާނެއެވެ. މިއީ ކުދިކުދި މައްސަލަތަކެއް ނޫނެވެ. މީގެ ތެރެއިން ކޮންމެ ކަމަކީވެސް ކޮންމެ ވަގުތެއްގައިވެސް މީހެއްގެ ފުރާނަ ގެއްލި ހިނގައިދާނެ ފަދަ ނުރައްކާތެރި ސަބަބުތަކެވެ.
އެހެންކަމުން، ކަމާބެހޭ އިދާރާތަކުން ޤަވާއިދުން މަގުމަތީގައި "ސަޕްރައިޒް" އިންސްޕެކްޝަންތައް ކުރިއަށް ގެންދަންޖެހެއެވެ. ރޯޑްވާދިނަސް ސެޓްފިކެޓް ލިބިފައިވާ އުޅަނދުފަހަރު ބަލައި ފާސްކުރާއިރު، ފަންނީ ގޮތުން އެކަށީގެންނުވާ ކަމެއް ފެންނަނަމަ، އެ ސެޓްފިކެޓް ދޫކުރި ގަރާޖަކަށް ނުވަތަ ހުއްދަ އޮތް ފަރާތަކަށް ހަރުކަށި ފިޔަވަޅު އަޅަންޖެހެއެވެ. އެފަދަ ތަންތަން އޮޑިޓްކޮށް، ބޮޑެތި ޖޫރިމަނާތަކާއެކު ލައިސަންސް ބާތިލުކުރަންޖެހެއެވެ. އަދި މުޅި ނިޒާމަކީ ދެފުށް ފެންނަ، ޑިޖިޓަލްކޮށް ބެލެހެއްޓޭ ހަރުދަނާ ނިޒާމަކަށް ހަދަންޖެހެއެވެ.
މަގުމަތީގެ އެކްސިޑެންޓެއްގައި މީހަކު މަރުވުމުން، އޭގެ ހިތާމަ އެހިސާބުން ނިމުނީއެއް ނޫނެވެ. އާއިލާތަކަށް އެމީހުންގެ ލޯބިވާ މައިންބަފައިންނާއި ދަރިން ގެއްލި، މުޅި ދިރިއުޅުން ބަރުބާދުވެގެންދެއެވެ. އެންމެ 20 ނުވަތަ 30 ރުފިޔާގެ ފައިދާއަކަށް ނުވަތަ ވަގުތު ސަލާމަތްކުރުމަށްޓަކައި އިންސާނެއްގެ ފުރާނަ ނުރައްކަލަށް ހުށަހެޅުމަކީ އެއްވެސް ބުއްދިވެރިކަމެއް ނޫނެވެ. ރޯޑްވާދިނަސް އިންސްޕެކްޝަނަކީ ހަމައެކަނި ފުރިހަމަކޮށްލަންޖެހޭ އިޖުރާއަތެއް ނޫނެވެ. އެއީ ފުރާނަ ސަލާމަތްކުރުމަށްޓަކައި ކުރަންޖެހޭ މުހިންމު މަސައްކަތެކެވެ.
މީގެ އިތުރުން، އުޅަނދުފަހަރުގެ ވެރިފަރާތްތަކުންވެސް އަމިއްލަ ޒިންމާ އުފުލަންޖެހެއެވެ. ފަސޭހަކޮށްލުމަށްވުރެ ސަލާމަތާއި ރައްކާތެރިކަމަށް އިސްކަންދޭންވާނެއެވެ. އުޅަނދު ފުރިހަމައަށް ބަލައި ފާސްކުރުމަށް ހޭދަވާ ވަގުތަކީ ފުރާނައެއް ސަލާމަތްކުރުމަށް ކުރެވޭ އިންވެސްޓްމަންޓެކެވެ. މަގުމަތީގެ ސަލާމަތަކީ ހަމައެކަނި ޓްރެފިކް ޤަވާއިދުތަކަށް ބޯލެނބުމެއް ނޫނެވެ. އެއީ އަމިއްލަ ޒިންމާ އުފުލުމާއި، ތެދުވެރިވުމާއި، އިންސާނީ ފުރާނައަށް ޤަދަރުކުރުމެވެ. ފަރުވާކުޑަކޮށް ދޫކޮށްލާ އެންމެ ހުއްދައެއްގެ ސަބަބުން، ކުށެއްނެތް އެތައް ބައެއްގެ ދިރިއުޅުން އަބަދުގެ އަބަދަށް ބަދަލުވެގެން ހިނގައިދާނެކަން އަބަދުވެސް ހަނދާނުގައި ބަހައްޓަންޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު