މެލޭޝިޔާގެ ރަސްގެފާނު އަބްދުﷲ
މެލޭޝިޔާގެ ރަސްގެފާނު އަބްދުﷲ
މެލޭޝިޔާއަށް ކުރިމަތިވެފައިވާ ސިޔާސީ މައްސަލަތައް މަޝްވަރާކޮށްގެން ހައްލުކުރުމަށް އެޤައުމުގެ ރަސްގެފާނު ސުލްތާން އަބްދުﷲ ގޮވާލައްވައިފިއެވެ.

މެލޭޝިޔާގެ ސިޔާސީ މަސްރަހުގައި އުފެދިފައިވާ މައްސަލަތަކަށް ދުސްތުރީ ނިޒާމުގެ ތެރެއިން ހައްލެއް ހޯދުމަށް ރަސްގެފާނު އަބްދުﷲ ގޮވާލެއްވީ މެލޭޝިޔާގެ ބޮޑުވަޒީރުގެ މަޤާމު ހޯއްދެވުމަށް މިހާރުގެ ބޮޑުވަޒީރު މުޙްޔިއްދީން ޔާސީނާއި އިދިކޮޅު ސިޔާސީ ލީޑަރު އަންވަރު އިބްރާހިމް މަސައްކަތްކުރައްވަމުންދާ ދަނޑިވަޅެއްގައެވެ.

ޝާހީ ގަނޑުވަރުން ނެރުނު ބަޔާނުގައި ވަނީ ސިޔާސީ ކަންކަމުގައި ހަރުދަނާކަން އިސްކުރުމަށް މެމްބަރުންނަށް ގޮވާލައްވާފައެވެ. އަދި ރައްޔިތުންގެ މެދުގައި ހުރި ކަންބޮޑުވުންތައް ދެނެގަނެ، ކޯވިޑްގެ ސަބަބުން ޤައުމުގެ ޙާލަތު ގޯސްވެފައިވާ ދަނޑިވަޅެއްގައި ސިޔާސީ މަޝްރަހު ހަލަބޮލި ނުކުރުމަށް ހުރިހާ ފަރާތްތަކުން މަސައްކަތްކުރުމުގެ މުހިންމުކަން އެ ބަޔާނުގައި ވަނީ ފާހަގަކުރަށްވާފައެވެ. މައްސަލަތަކާއި ދެބަސްވުންތައް ޙައްލުކުރުމަށް މަޝްވަރާކުރުމާއި ޤާނޫނުގެ ތެރެއިން މަސައްކަތްކުރުމުގެ މުހިންމުކަންވެސް ބަޔާނުގައި ވަނީ ފާހަގަކުރަށްވާފައެވެ.

މެލޭޝިޔާގައި އައު ސަރުކާރެއް އުފެއްދުމަށް އިދިކޮޅު ސިޔާސީ ލީޑަރު، އަންވަރު އިބްރާހިމް މިދިޔަ ހަތުފަގައިވަނީ ރަސްގެފާނު އަބްދުﷲއާ ބައްދަލުކުރަށްވާފައެވެ. އެއް ގަޑިއިރަށް ދެމިގެންދިޔަ މިބައްދަލުވުމަށްފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން އަންވަރު އިބްރާހީމް ވިދާޅުވީ ބޮޑުވަޒީރުގެ މަޤާމަށް އޭނާ ވަޑައިގަތުމަށް ބޭނުންވާ ތާޢީދު އޮތްކަން ޔަޤީންކޮށްދޭ ލިޔެކިޔުންތައް ރަސްގެފާނަށް ޙަވާލުކުރަށްވާފައިވާކަމަށެވެ.

އަންވަރު ވަނީ 222 މެންބަރުން ތިބޭ މެލޭޝިޔާގެ ޤާނޫނުހަދާ މަޖިލީހުގެ 120 މެންބަރުންގެ ތާޢީދު އޭނާއަށް އޮތްކަން ހާމަކޮށްފައެވެ. އަންވަރު ވިދާޅުވީ ދެން ކުރިއަށް ދާނެގޮތެއް ނިންމަވާނީ ރަސްގެފާނު އަބްދުﷲކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން