ސިޔާސީ ޕާޓީއެއްގައި ހިމެނޭ މެމްބަރުންގެ މެދުގައި ތަފާތުކުރުން އިތުރުކުރުމަކީ ހުދުމުހުތާރުވެރިންގެ ސަގާފަތެއްކަމަށް ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.
ނިހާދު މިހެން ވިދާޅުވީ އިދިކޮޅު ޕީޕީއެމުން ލޯޔަލްޓީ ކާޑެއް ތަޢާރަފްކުރުމުން، އެކަމަށް ރައްދު ދެއްވައި ކުރެއްވި ޓްވީޓެއްގައެވެ. ނިހާދު ވިދާޅުވީ ފައިސާގެ މުއާމަލާތެއް ހިންގައިގެން އެއިން ބައެއް ޖީބަށް ލައިގެން ނޫން ގޮތަކަށް ލޮލަށް ނިދި ނާންނަ ބަޔަކަށް އެނޫން ކަމަކާ ނުވެސް ވިސްނޭނެކަމަށެވެ.
"މެމްބަރުންގެ މެދުގައި ތަފާތުކުރުން އިތުރުކުރުމަކީ ހުދުމުހުތާރު ވެރިންގެ ސަގާފަތެއް. އެހެން ނޫނަސް ފައިސާގެ މުޢާމަލާތެއް ހިންގައިގެން އޭގެން ބައެއް ޖީބަށް ލައިގެން ނޫން ގޮތަކަށް ލޮލަށް ނިދި ނާންނަ ބަޔަކަށް އެނޫން ކަމަކާ ނުވެސް ވިސްނޭނެ." ނިހާދު ވިދާޅުވިއެވެ.
ނިހާދުގެ އިތުރުން ޕީޕީއެމް އިން ތަޢާރަފްކުރި ލޯޔަލްޓީ ކާޑަށް އެމްޑީޕީގެ ޑެޕިއުޓީ ޗެއަރޕަރސަން ޢަލީ ނިޔާޒްވެސް ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.
ރާއްޖޭގެ ސިޔާސީ ޕާޓީއަކުން ފުރަތަމަ ފަހަރަށް ތަޢާރަފު ކުރި "ލޯޔަލިޓީ ކާޑު" އަށް ފާޑު ވިދާޅުވަމުން ހުޅުމާލެ ދާއިރާގެ މެންބަރު ޢަލީ ނިޔާޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޕާޓީއެއްގެ ކޮންމެ މެމްބަރަކަށްވެސް އެޕާޓީއެއްގެ ތެރޭގައި ލޯޔަލިޓީ އޮންނަންވާނީ އެއް މިންވަރަކަށް ކަމަށެވެ. އަދި މެމްބަރުން ދަރަޖަ ކުރުމަކީ ހަމަޖެހޭ ކަމެއް ނޫންކަމަށްވެސް ޢަލީ ނިޔާޒް ވިދާޅުވިއެވެ.
"ޕާޓީ މެމްބަރުން ދަރަޖަ ކުރުމަކީ ހަމަޖެހޭ ކަމެއް ނޫން. ޕާޓީގެ ކޮންމެ މެމްބަރެއްގެވެސް ޕާޓީއަށް ލޯޔަލްޓީ އޮންނަންވާނީ އެއް މިންވަރަކަށް. މިއީ މެމްބަރުން ތަފާާތު ކުރުން." ކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ އެއްބަންޑު އެއްބަފާ ކޮއްކޯފުޅު ޢަލީ ނިޔާޒް ވިދާޅުވިއެވެ.
ޕީޕީއެމް އިން ތަޢާރަފްކުރި ލޯޔަލްޓީ ކާޑުގެ ތެރެއިން މެޖެންޑާ ކާޑަކީ ޕާޓީގެ ހުރިހާ މެމްބަރުންނަށް އަމާޒުކޮށްގެން ތަޢާރަފް ކުރެވިފައިވާ ކާޑެކެވެ. މީގެ އިތުރުން ސިލްވާ، ގޯލްޑް، ޕްލެޓިނަމް ކާޑަކީ ވިޔަފާރި ވެރިންނާއި، ޕާޓީއަށް ހެޔޮއެދޭ ފުދުންތެރި ފަރާތްތަކަށް ޚާއްސަކުރެވިގެން ތަޢާރަފް ކުރެވިފައިވާ ކާޑެއް ކަމަށް ޕީޕީއެމުން މަޢުލޫމާތު ދެއެވެ.
ޕީއެންސީގެ ނައިބު ރައީސް މުޙައްމަދު ސަޢީދު ވިދާޅުވީ، ރާއްޖޭގެ އެތައްހާސް ބަޔަކު މިއަދުވެސް ޕާޓީއަށް ހެޔޮއެދި އެހީތެރިކަން ފޯރުކޮށްދޭން ތައްޔާރަށް ތިބިކަމަށާއި، މިއީ ޕާޓީ ކުރިއަށް ގެންދިއުމަށްޓަކައި އަދި ކުރިއަށް އޮތް ރިޔާސީ އިންތިޚާބް ކާމިޔާބް ކުރުމަށް ލިބިގެންދާ އިތުރު ހިތްވަރެއްކަމަށެވެ. އަދި ޕްރޮގްރެސިވް ކޯލިޝަނުން ކުރިއަށް އޮތްތަނުގައި ޕާޓީއަށް މަންފާ ލިބޭނެ ގިނަ މަސައްކަތްތަކެއް ފެށުމަށް ހަމަޖެހިފައިވާކަމަށް ސައީދު ވިދާޅުވިއެވެ.
ޕީޕީއެމުން ތަޢާރަފް ކުރި ލޯޔަލްޓީ ކާޑުގެ މައްސަލައިގައި އެމްޑީޕީގެ ބައެއް މެންބަރުން ކަންވޮޑުވެވަޑައިގަންނަވަންވީ ހަގީގީ ސަބަބެއް އަދި ނޭނގެއެވެ. މިކަމަށް ފާޑުވިދާޅުވާ ބޭފުޅުން ކަންބޮޑުވެ ވަޑައިގަންނަވަނީ މިފަދަ ކާޑެއްގެ ސަބަބުން މެންބަރުންގެ މެދުގައި ތަފާތު ކުރުންތައް ހުންނާނެތީ ކަމަށް ވެއެވެ.
ލޯޔަލްޓީ ކާޑަކީ އާންމު ޚިދުމަތްތައްދޭ ބޮޑެތި ކުންފުނިތަކާއި ވިޔަފާރި ތަކުން ތަފާތު ދަރަޖައިގެ ކަސްޓަމަރުންނާއި ތަފާތު ފެންވަރުގެ ޚިދުމަތް ލިބިގަންނަ ފަރާތްތައް ތަފާތުކޮށް ދެނެގަތުމަށް ގެންގުޅޭ އެއްޗެކެވެ. އެތަނަކުން ދޭ ޚިދުމަތްތަކުގެ އިތުރުން އެ ފަރާތަކާއި ގުޅިފައި ހުންނަ އެހެނިހެން ވިޔަފާރިތަކާއި ޚިދުމަތްތަކުން ލޯޔަލްޓީ ކާޑުގެ ވެރިންނަށް ޑިސްކައުންޓް ލިބުމާއި ޚިދުމަތް ދިނުމުގައި އިސްކަން ދިނުމަކީ މިފަދަ ކާޑަކުން ލިބޭ މުހިންމު މަންފާތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.

ކިޔުންތެރިންގެ ހިޔާލު