ހުޅުމާލެ ކޮވިޑް ފެސިލިޓީގައި ބަލިމީހުންނަށް ފަރުވާ ދެނީ
ހުޅުމާލެ ކޮވިޑް ފެސިލިޓީގައި ބަލިމީހުންނަށް ފަރުވާ ދެނީ
ކޮވިޑް-19 ޖެހިގެން ރާއްޖޭގައި ދިވެހި ފިރިހެނަކު ނިޔާވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ، (އެޗްޕީއޭ) އިން ބުނީ އުމުރުން 67 އަހަރުގެ އެ މީހާ ނިޔާވީ މިއަދު ހެނދުނު 07:00 ހާއިރު، ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ދަނިކޮށް ކަމަށެވެ. މިއީ ކޮވިޑް ޖެހިގެން ނިިޔާވި 36 ވަނަ މީހާއެވެ.

މިހާތަނަށް ރާއްޖެއިން 11،154 މީހުން ބައްޔަށް ވަނީ ޕޮޒިޓިވްވެފައެވެ. ބަލިން ރަނގަޅުވި މީހުންގެ އަދަދު ވެސް ވަނީ އިތުރުވެ، 9995 އަށް އަރާފައެވެ.

އެޗްޕީއޭ އިން ބުނީ ބަލިޖެހިގެން މިވަގުތު ބައްޔަށް ފަރުވާ ހޯދަމުންދާ މީހުންގެ ތެރެއިން 384 މީހުންނަށް އައިސޮލޭޝަން ފެސިލިޓީތަކުގައި ފަރުވާ ދެމުންދާ ކަމަށެވެ. އަދި 49 މީހަކު އެޑިމިޓްކޮށްގެން ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށް އެޗްޕީއޭ އިން މައުލޫމާތުދެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން