ދިވެހިރާއްޖޭގެ ފުރަތަމަ دިމިގްރާތީ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ 58 ވަނަ އުފަންދުވަސް މިއަދު ފާހަގަކޮށްފިއެވެ.
17 މޭ 1967 ގައި އުފަންވެވަޑައިގެންނެވި ރައީސް ނަޝީދަކީ ދިވެހިރާއްޖޭގެ ސިޔާސީ، އިޖުތިމާއީ އަދި އިގްތިސާދީ ބަދަލުތަކުގެ އެންމެ އިސް މޭސްތިރިއެވެ.
އެމަނިކުފާނުގެ އުފަންދުވަހާ ދިމާކޮށް ސޯޝަލް މީޑިއާގައާއި ގައުމީ ފެންވަރުގައި ގިނަ ބަޔަކު ދަނީ އެމަނިކުފާނަށް ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުވަމުންނެވެ. ވަރުގަދަ އަޒުމަކާއި ސިޔާސީ ފަލްސަފާއެއްގެ ވެރި މި ލީޑަރަކީ ރާއްޖޭގެ ބޭރުންނާއި އެތެރޭން ވެސް ބޮޑު މަގުބޫލުކަމެއް ހޯއްދަވާފައިވާ، އަދި ދިވެހި ސިޔާސީ މަސްރަޙުގެ މިސްރާބު ބަދަލުކޮށްލެއްވި ޚިދުމަތްތެރި ޝަޚުޞިއްޔަތެކެވެ.
ރައީސް މުހައްމަދު ނަޝީދަކީ ރާއްޖެއަށް މަލްޓި-ޕާޓީ ޑިމޮކްރަސީ ތައާރަފްކުރުމަށްޓަކައި އެންމެ ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލެއްވި ބޭފުޅާ އެވެ.
ދިވެހިރާއްޖޭގެ ސިޔާސީ މަސްރަޙު އެއްކޮށް ބަދަލުކޮށްލި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އުފެއްދެވުމުގައި އެމަނިކުފާނު އިސް ދައުރެއް އަދާކުރެއްވިއިރު، 2008 ވަނަ އަހަރު ބޭއްވުނު ރާއްޖޭގެ ފުރަތަމަ މިނިވަން އަދި އިންސާފުވެރި ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވައި، އެމަނިކުފާނު ވެވަޑައިގަތީ ރައްޔިތުންގެ ސީދާ ވޯޓުން އިންތިޚާބުކުރި ފުރަތަމަ ރައީސަށެވެ.
އެމަނިކުފާނުގެ ވެރިކަމުގެ ކުރު ދައުރުގައި ރާއްޖެއަށް އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމުތަކާއި، އުމުރުން ދުވަސްވީ މީހުންގެ އިނާޔަތާއި، އާސަންދަ އަދި ދުސްތޫރީ ގިނަ އިސްލާހުތަކެއް ތައާރަފްކޮށް، އާންމު ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރެއްވިއެވެ.
ރާއްޖޭގެ ރައީސްކަމުގެ އިތުރުން، ރައީސް ނަޝީދަކީ މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ދުނިޔޭގެ ފެންވަރުގައި އަޑުއުފުއްލެވި އެންމެ ވަރުގަދަ އެއް "ކްލައިމެޓް ހީރޯ" އެވެ.
ކަނޑުގެ އަޑީގައި ކެބިނެޓް ބައްދަލުވުމެއް ބާއްވައި، ބައިނަލްއަގުވާމީ މީޑިއާގެ ސަމާލުކަން ތިމާވެށީގެ ނާޒުކު ފަންތީގައިވާ ކުދި ޖަޒީރާ ގައުމުތަކަށް ހޯއްދަވައިދެއްވުމަކީ މުޅި ދުނިޔެ ސިއްސުވާލި ތާރީޚީ ހަރަކާތެކެވެ.
މީގެ އިތުރުން، ބައިނަލްއަގުވާމީ ފެންވަރުގައި ތިމާވެށީގެ ދާއިރާއިން ކުރެއްވި މަސައްކަތްޕުޅުތަކާއެކު، ކްލައިމެޓް ވުލްނަރަބްލް ފޯރަމްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމު ފުރުއްވައި، ދުނިޔޭގެ އެކި ކޮޅުތަކުގައި ރާއްޖޭގެ ނަން ބާރުވެރިކަމާއެކު ދެމެހެއްޓެވިއެވެ.
އެމަނިކުފާނުގެ މި ބައިނަލްއަގުވާމީ ޚިދުމަތްތަކުގެ ސަބަބުން ދުނިޔޭގެ ބޮޑެތި ލީޑަރުންނާއި ޖަމްއިއްޔާތަކުން މިއަދުވެސް އެމަނިކުފާނުގެ ސިޔާސީ ލަފާފުޅުތަކަށް ބަރޯސާވެއެވެ.
އުމުރުން 58 އަހަރު ފުރުނުއިރުވެސް، ރައީސް ނަޝީދު ދަނީ ރާއްޖޭގެ ސިޔާސީ މަސްރަޙުގައި މުހިންމު އަދި ނުފޫޒުގަދަ ދައުރެއް އަދާކުރައްވަމުންނެވެ.
އެމަނިކުފާނު ވަނީ ދާދިފަހުން އަލުން އަނބުރާ އެމްޑީޕީއާ ގުޅިވަޑައިގެން، ޕާޓީގެ އިސް އެޑްވައިޒަރެއްގެ ގޮތުގައި މަސައްކަތް ކުރައްވަން ފައްޓަވާފައެވެ. ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް އަމާޒުކޮށް، ގާނޫނުއަސާސީއަށް ގެންނަންޖެހޭ ބަދަލުތަކާއި ޑިމޮކްރަސީ ހިމާޔަތްކުރުމުގެ މަސައްކަތްތަކުގައި އެމަނިކުފާނު ހުންނެވީ ސާބިތުކަމާއެކުގައެވެ.
ދިވެހި ތާރީޚާއި އަދަބިއްޔާތަށް ލޯބިކުރައްވާ އަދި އަގުހުރި ފޮތްތަކެއް ލިޔުއްވާފައިވާ މުސައްނިފެއްގެ ގޮތުގައިވެސް ފާހަގަކުރެވޭ ރައީސް ނަޝީދުގެ މިއަދުގެވެސް އެންމެ ބޮޑު އުންމީދަކީ ރާއްޖޭގެ ދިމިގްރާތީ ބިންގާ ކުރިއަށްވުރެ ވަރުގަދަކޮށް، ރައްޔިތުންނަށް ފާގަތި މުސްތަގުބަލެއް ހޯދައިދިނުމެވެ.

ކިޔުންތެރިންގެ ހިޔާލު