މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އިސްނަގައިގެން މައުލޫމާތު ހާމަކުރުމަށް (ޕްރޯއެކްޓިވް ޑިސްކްލޯޝަރ) ހެލްތު މިނިސްޓްރީން ކުރަމުންދާ މަސައްކަތްތަކަށް އިންފޮމޭޝަން ކޮމިޝަނަރު އަހުމަދު އާހިދު ރަޝީދު ތައުރީފު ކުރަSqވައިފިއެވެ.
އާހިދު މިއަދު ވިދާޅުވީ، އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން (އައިސީއޯ) ހެލްތު މިނިސްޓްރީގެ ވެބްސައިޓް ފުރަތަމަ ބެލިބެލުމުން، އެ މިނިސްޓްރީން ވަނީ ގާނޫނުގައި ބަޔާންކުރާ މައުލޫމާތު ހާމަކުރުމުގެ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރަން ފަށާފައި ކަމަށެވެ. މިއީ ސަރުކާރުގެ ވުޒާރާއަކުން މި މިންގަނޑަށް ވާސިލްވުމަށް ކުރާ ފުރަތަމަ މަސައްކަތްކަން އާހިދު ފާހަގަކުރެއްވިއެވެ.
ނަމަވެސް، އައިސީއޯގެ ޓީމުން އެ މިނިސްޓްރީގެ ވެބްސައިޓް އިތުރަށް ތަފްސީލުކޮށް ރިވިއުކުރުމުން، ބައެއް ކަންކަން އަދިވެސް ފުރިހަމަކުރަން ހުރިކަން ފާހަގަކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން މިނިސްޓްރީން ގިނަ އަދަދެއްގެ މައުލޫމާތު ހާމަކޮށްފައިވީ ނަމަވެސް، ގާނޫނުގައި ކަނޑައަޅާފައިވާ ބައެއް ގިންތިތަކުގެ މައުލޫމާތު އަދިވެސް ފުރިހަމަނުވާކަން ކޮމިޝަނަރު ފާހަގަކުރެއްވިއެވެ.
"ހެލްތު މިނިސްޓްރީން ކޮށްފައިވާ މަސައްކަތަކީ ވަރަށް ހަގީގީ، ފެންނަން އޮތް މަސައްކަތެއް. އަދި މިހާރު މަދުވާ މައުލޫމާތުތަކަކީ ފަސޭހައިން ފުރިހަމަކޮށްލެވޭނެ ކަންކަން." އާހިދު ވިދާޅުވިއެވެ.
ހަމައެއާއެކު އިންފޮމޭޝަން ކޮމިޝަނަރ ވިދާޅުވީ، މަދުވާ މައުލޫމާތުތައް ފުރިހަމަކުރުމަށްޓަކައި ހެލްތު މިނިސްޓްރީއަށް ބޭނުންވާ ފަންނީ އެހީތެރިކަމާއި އިރުޝާދު ދިނުމަށް އައިސީއޯ އޮތީ ތައްޔާރަށް ކަމަށެވެ. މީގެ ބޭނުމަކީ ރާއްޖޭގެ ވުޒާރާތަކުން މައުލޫމާތު ހާމަކުރުމުގައި ގާނޫނީ މިންގަނޑަށް ފުރިހަމައަށް އަމަލުކުރާކަން ކަށަވަރުކުރުމެވެ.
އާހިދު މިހެން ވިދާޅުވެފައިވާއިރު، އާރުޓީއައި ގާނޫނުގެ ދަށުން ދައުލަތުގެ އިދާރާތަކުން އާންމުންނަށް އެނގެންޖެހޭ މުހިންމު މައުލޫމާތުތައް، އަމިއްލަ އިސްނެގުމަށް ހާމަކުރުމަކީ ގާނޫނުގައި ލާޒިމް ކޮށްފައިވާ ކަމެކެވެ.

The @MoHmv has, by our preliminary reading, published a set of information on its website that appears to meet the threshold for full compliance with the proactive disclosure obligations under the RTI Act.
— ahid rasheed (@aahidrasheed) May 19, 2026
If confirmed by ICO review, this would be the 1st ministry to do so.
ހަމައެއާއެކު އިންފޮމޭޝަން ކޮމިޝަނަރ ވިދާޅުވީ، މަދުވާ މައުލޫމާތުތައް ފުރިހަމަކުރުމަށްޓަކައި ހެލްތު މިނިސްޓްރީއަށް ބޭނުންވާ ފަންނީ އެހީތެރިކަމާއި އިރުޝާދު ދިނުމަށް އައިސީއޯ އޮތީ ތައްޔާރަށް ކަމަށެވެ. މީގެ ބޭނުމަކީ ރާއްޖޭގެ ވުޒާރާތަކުން މައުލޫމާތު ހާމަކުރުމުގައި ގާނޫނީ މިންގަނޑަށް ފުރިހަމައަށް އަމަލުކުރާކަން ކަށަވަރުކުރުމެވެ.
އާހިދު މިހެން ވިދާޅުވެފައިވާއިރު، އާރުޓީއައި ގާނޫނުގެ ދަށުން ދައުލަތުގެ އިދާރާތަކުން އާންމުންނަށް އެނގެންޖެހޭ މުހިންމު މައުލޫމާތުތައް، އަމިއްލަ އިސްނެގުމަށް ހާމަކުރުމަކީ ގާނޫނުގައި ލާޒިމް ކޮށްފައިވާ ކަމެކެވެ.
ކިޔުންތެރިންގެ ހިޔާލު