އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވައި، އީރާނުގެ މައްސަލައިގައި ނަތަންޔާހޫ އަމަލުކުރާނީ އޭނާ ބޭނުންވާ ގޮތަށް ކަމަށް ވިދާޅުވެއްޖެއެވެ.
ނޫސްވެރިންނާ ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ، އީރާނަށް ދީފާނެ އަސްކަރީ ހަމަލާއަކާ ގުޅޭގޮތުން ނަތަންޔާހޫއާ މަޝްވަރާ ކުރެއްވި ކަމަށާއި، ނަތަންޔާހޫ އަމަލުކުރާނީ ޓްރަމްޕް ބޭނުންވާ ކޮންމެ ގޮތަކަށް ކަމަށެވެ. އީރާނަށް ހަމަލާއެއް ދިނުމާ ގުޅޭގޮތުން ސުވާލުކުރުމުން ފަސްޖެހުމެއް ނެތި ޓްރަމްޕް ޖަވާބު ދެއްވީ، "އޭނާ ކުރާނީ އަހަރެން ބޭނުންވާ ކަމެއް. އޭނާއަކީ ވަރަށް ރަނގަޅު މީހެއް. އޭނާއަކީ ހަނގުރާމައިގެ ދުވަސްވަރުގެ ބޮޑުވަޒީރެއްކަން ހަނދާން ނައްތާނުލާ،" މިފަދައިންނެވެ.
މީގެ އިތުރުން ޓްރަމްޕް ވަނީ ނަތަންޔާހޫއަށް ވަރަށް ބޮޑަށް ތައުރީފުކޮށް، އޭނާގެ މައްޗަށް އުފުލިފައިވާ ކޮރަޕްޝަންގެ ތުހުމަތުތަކުން އޭނާ ދިފާއުކޮށްފައެވެ. ޓްރަމްޕް ވިދާޅުވީ އިޒްރޭލުން ނަތަންޔާހޫއާ މެދު އަމަލުކުރަނީ އިންސާފުން ނޫން ކަމަށާއި، އެކި ފަހަރުމަތިން އޭނާއަށް ރިޔާސީ މައާފެއް ދިނުމަށްވެސް ޓްރަމްޕް ވަނީ ގޮވާލާފައެވެ. އިޒްރޭލުގެ ސިޔާސީ ދާއިރާއަށް ވަނުމާ ގުޅޭގޮތުން ސަމާސާ ކުރައްވަމުން ޓްރަމްޕް ވިދާޅުވީ، "މިކަން ނިމުމުން، ފަހަރެއްގައި އަހަރެން އިޒްރޭލަށް ގޮސް ބޮޑުވަޒީރުކަމަށް ކުރިމަތިލާފާނަން،" ކަމަށެވެ. އަދި އިޒްރޭލުގައި އޭނާއަށް އޮތް ތާއީދު %99 ގައި އުޅޭ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
މެދުއިރުމަތީގެ ނުތަނަވަސްކަން ބޮޑުވެފައިވީ ނަމަވެސް، ހަނގުރާމަ ނިންމުމަށް ނުވަތަ ޑިޕްލޮމެސީއަށްވެސް އަވަސް އަރުވާނުލާ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ. އީރާނާއެކު އޮތް މައްސަލައަށް ސުލްހަވެރި ހައްލެއް ހޯދުމަށް "އެއް ފުރުސަތު" ދިނުމަށްފަހު، މެދުއިރުމަތީގެ ދެން އޮތް ފިޔަވަޅުތައް ކޮންޓްރޯލް ކުރަނީ ކޮން ފަރާތަކުންކަން ޓްރަމްޕް ވަނީ ސާފުކޮށްދެއްވާފައެވެ. އޭނާ ވިދާޅުވި ގޮތުގައި އީރާނަށް ދޭން ރޭވި އަސްކަރީ ހަމަލާއެއް، އެކަން ތަންފީޒުކުރުމުގެ އެއް ގަޑިއިރު ކުރިން ހުއްޓާލީ ޤަލްފުގެ ޤައުމުތަކުން ޑިޕްލޮމެސީއަށް ފުރުސަތެއް ދިނުމަށް އެދުމުންނެވެ.
ވިއެޓްނާމާއި އަފްޣާނިސްތާނުގައި އެމެރިކާ އެތައް އަހަރެއް ވަންދެން އޮތްކަން ފާހަގަކުރައްވައި ޓްރަމްޕް ވިދާޅުވީ، އޭނާ މިކަމުގައި އުޅޭތާ އަދިވީ އެންމެ ތިން މަސް ކަމަށެވެ. "އަހަރެން ބޭނުންވަނީ ގިނަ ބަޔަކު މަރުވުމުގެ ބަދަލުގައި، މަދު ބަޔަކު މަރުވާތަން ދެކެން،" ހަނގުރާމައާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވިއެވެ. އޭނާ ތަކުރާރުކޮށް ވިދާޅުވި ގޮތުގައި އީރާނުގެ މައްސަލަ ވަރަށް އަވަހަށް ނިމުމަކަށް އަންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު