މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ގައުމީ މަޖިލީހުގެ މެންބަރު އިލްހާމް އަހުމަދު، ސޯޝަލް މީޑިއާ ޕްލެޓްފޯމް 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ކުރީގެ ރައީސް އިބްރާހިމް މުހަންމަދު ޞާލިޙަށާއި، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މިކާއިލް އަހުމަދު ނަސީމަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވައި ވާހަކަދައްކަވައިފިއެވެ.
އިލްހާމް ވިދާޅުވީ ރައީސް ޞާލިޙަކީ ސިޔާސީ މައިދާނުގައި މިހާތަނަށް އެއްވެސް ވަރަކަށް ޕާޓީ ބަދަލުނުކުރައްވައި ސާބިތުކަމާއެކު ހުންނެވި ހަމައެކަނި ސިޔާސީ ލީޑަރު ކަމަށެވެ. އަދި އެމަނިކުފާނު އަބަދުވެސް ދައްކަވަނީ އެމްޑީޕީއަށް އެންމެ ފައިދާހުރި އަދި އެންމެ ރަނގަޅު ގޮތްތަކުގެ ވާހަކަ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
އިލްހާމްގެ ޕޯސްޓުގައި އިތުރަށް ބަޔާންކޮށްފައިވަނީ، ރައީސް ޞާލިޙް މީގެކުރިން ވިދާޅުވި ބަސްފުޅުތަކާއި ފާހަގަކުރެއްވި ކަންކަމުގެ ހަގީގަތް މިހާރު ސިޔާސީ މަސްރަހުން ފެންނަން ފަށާފައިވާ ކަމަށެވެ.
އަދި ކުރިއަށް އޮތް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އެމްޑީޕީއަށް ވެރިކަން ހޯދަން ބޭނުންވާނަމަ، ޕާޓީގެ އެތެރޭގެ އިންތިޚާބުގައި މިކާއިލް ނަސީމަށް ވޯޓު ދެއްވުމަށް އޭނާ ވަނީ ޕާޓީގެ އާންމު މެންބަރުންގެ ކިބައިން އެދިވަޑައިގެންފައެވެ.
މިކާއިލްއަކީ ޕާޓީގެ އެއްބައިވަންތަކަން ހިފަހައްޓައި، ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ކާމިޔާބުކޮށްދެވޭނެ ފަދަ ގާބިލު ބޭފުޅެއްގެ ގޮތުގައި އިލްހާމް ވަނީ ސިފަކުރައްވާފައެވެ.

ރައީސް އިބްރާހިމް މުހަންމަދު ސޯލިހު އަކީ މިހާތަނަށް ޕާރޓީ ބަދަލް ނުކޮށް ހުންނެވި ހަމައެކަނި ސިޔާސީ ލީޑަރ. @ibusolih ވިދާޅުވަނީ @MDPSecretariat އަށް ރަގަނޅުގޮތް.
— Ilham Ahmed (@ilhammaldives) May 21, 2026
މިހާރުވެސް ރައީސް އިބޫ އެ ވިދާޅުވި އެއްޗަކާއި އެވިދާޅުވި ކަންކަން ފެންނަން ފަށައިފި.
2028 ގަ އެމްޑީޕީ އަށް… pic.twitter.com/PcEFKVyK2z
އިލްހާމްގެ ޕޯސްޓުގައި އިތުރަށް ބަޔާންކޮށްފައިވަނީ، ރައީސް ޞާލިޙް މީގެކުރިން ވިދާޅުވި ބަސްފުޅުތަކާއި ފާހަގަކުރެއްވި ކަންކަމުގެ ހަގީގަތް މިހާރު ސިޔާސީ މަސްރަހުން ފެންނަން ފަށާފައިވާ ކަމަށެވެ.
އަދި ކުރިއަށް އޮތް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އެމްޑީޕީއަށް ވެރިކަން ހޯދަން ބޭނުންވާނަމަ، ޕާޓީގެ އެތެރޭގެ އިންތިޚާބުގައި މިކާއިލް ނަސީމަށް ވޯޓު ދެއްވުމަށް އޭނާ ވަނީ ޕާޓީގެ އާންމު މެންބަރުންގެ ކިބައިން އެދިވަޑައިގެންފައެވެ.
މިކާއިލްއަކީ ޕާޓީގެ އެއްބައިވަންތަކަން ހިފަހައްޓައި، ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ކާމިޔާބުކޮށްދެވޭނެ ފަދަ ގާބިލު ބޭފުޅެއްގެ ގޮތުގައި އިލްހާމް ވަނީ ސިފަކުރައްވާފައެވެ.
ކިޔުންތެރިންގެ ހިޔާލު