ފައްޔާޒް އިސްމާއިލް އަދި  ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް
ފައްޔާޒް އިސްމާއިލް އަދި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް
އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ދެއްކެވި ވާހަކަތަކަށް، އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ރައްދު ދެއްވައިފިއެވެ.

ފައްޔާޒް މިފަދައިން ރައްދު ދެއްވީ އެމްޑީޕީގެ އެތެރޭގެ ހިންގުމާއި އަދި ކުރިއަށް އޮތް ޕްރައިމަރީތަކާ ގުޅުވައިގެން ދެކެވޭ ވާހަކަތަކަށް އަމާޒުކުރައްވައެވެ.

ފައްޔާޒް ވިދާޅުވީ، އެމްޑީޕީ ހިނގަމުންދަނީ އެ ޕާޓީގެ އަސާސީ ގަވާއިދާ އެއްގޮތަށް ކަމަށާއި، ޕާޓީގެ އެތެރޭގެ މަސައްކަތްތައް ވެސް ކުރިއަށްދާނީ އެ އުސޫލުތަކުގެ ތެރެއިން ކަމަށެވެ.

އަދި ޕާޓީގެ ޗެއާޕާސަނަކީ ރިޔާސީ ޕްރައިމަރީތައް އަމަލީގޮތުން ހިންގަވާ ބޭފުޅެއް ނޫންކަން އޭނާ ފާހަގަކުރެއްވިއެވެ. އަސާސީ ގަވާއިދުގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާ ގޮތުން، އެފަދަ އިންތިޚާބުތަކަކީ މުޅިން މިނިވަންކަމާއެކު ވަކި ޚާއްސަ ކޮމިޓީއަކުން ހިންގާ ކަންކަން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ފައްޔާޒް ފާހަގަކުރެއްވި ގޮތުގައި، އަސާސީ ގަވާއިދު އޮންނަ ގޮތުން ޗެއާޕާސަނަށް އެފަދަ ކަންކަމުގެ ތެރެއަށް އެއްވެސް ވަރަކަށް ނުފޫޒެއް ނުފޯރުވޭނެއެވެ. އަދި ޕާޓީގެ ކަންކަން އަބަދުވެސް ކުރިއަށްދާނީ ނުފޫޒުން އެއްކިބާވެ، ގަވާއިދާ އެއްގޮތަށްކަން ކަށަވަރުކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރެވެމުންދާނެ ކަމުގެ ޔަގީންކަން ވެސް އޭނާ ވަނީ ދެއްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު