އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު، ސިޔާސީ މަސްރަހާ ގުޅުވައިގެން މާނަފުން އަދި ވަރުގަދަ މެސެޖުތަކެއް ދެއްވައިފިއެވެ.
ރައީސް ނަޝީދު ވިދާޅުވީ، އިރުއެރީމާ ފެންނާނީ ހަނދެއް ނޫން ކަމަށާއި، އަދި ތަރިއެއްކަން ސާފުވެ ވެއްޖެނަމަ އެއީ އެއްވަނަ (ނަމްބަރު ވަން) ކަމަށެވެ.
ޕާޓީގެ އެތެރޭގެ އިންތިޚާބާ ދިމާކޮށް ދެއްވި މި ބަޔާނުގައި ނަޝީދު ވިދާޅުވީ، އެމަނިކުފާނު މަގާމުގައި ހުންނަވައިފިނަމަ ރައީސުލްޖުމްހޫރިއްޔާއަށް "ނޫނެކޭ" ވިދާޅުވުމުގެ ފުރުސަތު ދެއްވާނެ ކަމަށެވެ.
އަދި އެއީ ސްޓްރެޓީޖިކް ގޮތުން ދޮގު ވާހަކައެއް ނޫން ކަމަށާއި، ރައީސުލްޖުމްހޫރިއްޔާއަކީ މިދަނޑިވަޅުގައި ހުންނެވި ޝަހުސިއްޔަތަށް ވީތީވެ، ހަމައެކަނި އިދިކޮޅަށް ދެކުމުގެ ވިސްނުމުގައި ނުވަތަ އެހެން މީހަކަށް ފެންނަ ބަރާބަރަކަށް އެކަނި ކަންކަން ނުނިންމޭނެ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"ސްޓްރެޓީޖިކް ގޮތުން ނުވަތަ ސިޔާސީގޮތުން ބަލާނަމަ އެއީ އަޅުގަނޑުވެސް ގަބޫލުނުވާނެ ވާހަކައެއްނޫން. އަޅުގަނޑު ހުންނަންޏާ، އިރުއެރީމަ ހަނދެއްނޫން ފެންނާނީ. ހަނދުއެރީމަ ތަރިއެއްނޫން ފެންނާނީ. އެހެންވީމަ ކޮންމެވެސް އެކައްޗެއް އަރާނެއެއްނޫންތޯ،" ނަޝީދު ވިދާޅުވިއެވެ.
އެމްޑީޕީގެ އެތެރޭގެ ވާދަވެރިކަން ބޮޑުވެފައިވާ މި ދަނޑިވަޅުގައި، ޗެއާޕާސަންގެ މަގާމަށް ކުރިމަތިލައްވާފައިވާ ރައީސް ނަޝީދުގެ މި ވާހަކަފުޅުތަކަކީ ޕާޓީގެ ކުރިމަގާއި ސަރުކާރާ ދެމެދު އޮންނާނެ ގުޅުމާ މެދު ގެންގުޅުއްވާ ސްޓްރެޓީޖިކް ވިސްނުން ހާމަކޮށްދެއްވުމަށް ވިދާޅުވި ވާހަކަފުޅުތަކެއްގެ ގޮތުގައި ސިޔާސީ މާހިރުން ސިފަކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު