ބ. ކަމަދޫއަކީ ރާއްޖޭގެ ރަށު ފަތުރުވެރިކަމުގެ ނަމޫނާ ރަށެއްގެ ގޮތުގައި ސިފަކުރައްވައި، ކުރިއަށް އޮތް ބޮޑު އީދުގެ ފޯރިގަދަ ކުޅިވަރުތައް ބަލައިލުމަށް އެ ރަށަށް ޒިޔާރަތްކުރުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު އާންމުންނަށް އިލްތިމާސް ކުރައްވައިފިއެވެ.
ގިނަ ދުވަސްތަކަކަށްފަހު އެ ރަށަށް ކުރެއްވި ޒިޔާރަތަށްފަހު ރައީސް ނަޝީދު ވަނީ ކަމަދޫއިން ފެނުނު ހިތްގައިމު މާހައުލަށާއި ރަށުގެ ސާފުތާހިރުކަމަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވާފައެވެ.
ރައީސް ނަޝީދު ވިދާޅުވި ގޮތުގައި، ކަމަދޫގެ މަގުތަކަކީ އާދަޔާ ހިލާފަށް ސާފުތާހިރު، އަދި ގަސްތަކުން މުޅި ރަށް ފެހިވެފައިވާ ފިނި މާހައުލެއް އޮތް ރަށެކެވެ. މީގެ އިތުރުން ރަށުގެ ގޮނޑުދޮށާއި މޫދު ސަރަހައްދުތައް ރައްޔިޔުން ނުހަނު ފުރިހަމައަށް ބަލަހައްޓަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރަށުގެ ގެސްޓްހައުސް ވިޔަފާރި ކުރިއަރަމުންދާ ގޮތަށް ބަލާއިރު، މިއީ މުޅި ރާއްޖެއަށްވެސް ދެއްކިދާނެ ރީތި މިސާލެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.
ކުރިއަށް އޮތް އީދު ފާހަގަކުރުމަށްޓަކައި ކަމަދޫ ކައުންސިލާއި ރަށުގެ ރައްޔިތުން ގުޅިގެން ވަރަށް ފޯރިއާއެކު ތައްޔާރުވަމުންދާކަން ފާހަގަކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ، ރާއްޖޭގެ އެކި ކަންކޮޅުތަކުން ކޮންމެ އަހަރަކުވެސް ގިނަ އަދަދެއްގެ ބަޔަކު އީދު އުފާ ފާޅުކުރުމަށް ކަމަދޫއަށް ޖަމާވާ ކަމަށެވެ.
އެހެންކަމުން، މި އަހަރުގެ އީދުގައިވެސް ކަމަދޫއަށް ނައިސް އީދު ފާހަގަނުކުރުމަށާއި، އީދުގެ ހަގީގީ ފޯރި އާއި "ހެޕެނިންގްސް" ތަޖުރިބާކޮށްލުމަށް އެންމެހާ ބޭފުޅުން އެ ރަށަށް ވަޑައިގަތުމަށް އެމަނިކުފާނު ވަނީ ދައުވަތު އަރުވާފައެވެ.

ކިޔުންތެރިންގެ ހިޔާލު