ކުރީގެ ރައީސް މުހައްމަދު ނަޝީދު ބ. ކަމަދޫއަށް ވަޑައިގެނެވުން
ކުރީގެ ރައީސް މުހައްމަދު ނަޝީދު ބ. ކަމަދޫއަށް ވަޑައިގެނެވުން
އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބާއްވާ އިންތިހާބުގެ ކެމްޕެއިނަށް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ބ. ކަމަދޫއަށް ވަޑައިގެން އާ ތަޖުރިބާއެއް ކުރައްވައިފިއެވެ.

ރައީސް ނަޝީދު ވަނީ އަމަލީ ގޮތުން ރޮށި ދަމާގޮތް ތަޖުރިބާކުރައްވާފައެވެ. ރައީސް ނަޝީދު ކަމަދޫއަށް ކުރެއްވި މި ޒިޔާރަތަކީ ކުރިއަށް އޮތް ޕާޓީގެ އެތެރޭގެ ވަރުގަދަ އިންތިހާބަށް ތާއީދު ހޯއްދެވުމުގެ ގޮތުން ކުރިއަށްގެންދަވާ ހަރަކާތްތަކުގެ ތެރެއިން ކުރެއްވި ދަތުރުފުޅެކެވެ.

ރަށުގެ އާންމު ރައްޔިތުންނާ ބައްދަލުކުރައްވައި، އެމީހުންގެ ދިރިއުޅުމުގެ އާދަކާދަތަކުގައި އެމަނިކުފާނު ވަނީ މި ދަތުރުފުޅުގެ ތެރެއިން އަމަލީގޮތުން ބައިވެރިވެވަޑައިގެންފައެވެ.

މި ފަހަރުގެ އެމްޑީޕީގެ ޗެއާޕާސަން އިންތިހާބަކީ ޕާޓީގެ ކުރިމަގަށް މުހިންމު އިންތިހާބަކަށް ވާއިރު، ވޯޓުލުން ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ޖޫން މަހުގެ 12 ވަނަ ދުވަހުއެވެ.

އިންތިހާބުގެ ފޯރި ގަދަވެފައިވާ މި ދަނޑިވަޅުގައި، ކެންޑިޑޭޓުންނާއި ޕާޓީގެ އިސް ބޭފުޅުން އަންނަނީ ރާއްޖޭގެ އެކި ރަށްރަށަށް ދަތުރުކޮށް، މެންބަރުންގެ ތާއީދު އިތުރުކުރުމަށް ފުޅާ ދާއިރާއެއްގައި ކެމްޕެއިން ހަރަކާތްތައް ހިންގަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު