ދިވެހިރާއްޖޭގެ އެންމެ ބޮޑު އިދިކޮޅު ސިޔާސީ ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަކީ އަނެއްކާވެސް ބާރުވެރި އަދި ހަރަކާތްތެރި ޕާޓީއަކަށް ހެދުމަށްޓަކައި، އެ ޕާޓީގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމްގެ "އިތުބާރު" މެނިފެސްޓޯގައި މުހިންމު ސިޔާސަތުތަކެއް ވަނީ ހިމަނުއްވާފައެވެ.
މީކާއީލްގެ އެންމެ ބޮޑު އެއް އަމާޒަކީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު އެމްޑީޕީއަށް ކާމިޔާބުކޮށްދިނުމެވެ. މި ލަނޑުދަނޑި ހާސިލުކުރުމަށްޓަކައި، ޕާޓީގެ އެތެރޭގައި އެންމެން އިތުބާރުކުރާ، ދެފުށް ފެންނަ އަދި އިންސާފުވެރި ރިޔާސީ ޕްރައިމަރީއެއް ބޭއްވުމުގެ މުހިންމުކަން އޭނާގެ މެނިފެސްޓޯގައި ވަނީ ވަރަށް ބޮޑަށް ފާހަގަކުރައްވާފައެވެ.
މީގެ އިތުރުން، ޕާޓީގެ ހިންގުން ހަރުދަނާކޮށް ޒަމާނީ ބަދަލުތަކެއް ގެނައުމަށްޓަކައި އެމްޑީޕީގެ އަސާސީ ގަވާއިދު އިސްލާހުކުރުމަށް ހާއްސަ ކޮންގްރެސްއެއް ބޭއްވުމަށް މެނިފެސްޓޯގައި ވަނީ ހުށަހަޅާފައެވެ. އަދި ކުރު މުއްދަތެއްގެ މަސައްކަތްތަކުގެ ބަދަލުގައި، ދުރު ރާސްތާއަށް އަމާޒުކޮށްގެން ޕާޓީ ކުރިއަށްގެންދާނެ ގޮތުގެ 10 އަހަރުގެ ބާރުގަދަ ސްޓްރެޓިޖިކް ޕްލޭނެއް އެކުލަވާލުންވެސް މި އިސްލާހީ އެޖެންޑާގައި ހިމެނެއެވެ.
މީކާއީލް ގަބޫލުކުރައްވާ ގޮތުގައި ޕާޓީގެ މުސްތަގުބަލު ބިނާވެފައިވަނީ އައު ޖީލުގެ މައްޗަށެވެ. އެހެންކަމުން އެމްޑީޕީއަކީ ޒުވާނުންގެ ބައިވެރިވުން ބޮޑު، ޒުވާނުން ގިނަ ޕާޓީއަކަށް ހެދުމަށް ހާއްސަ އިސްކަމެއް ދެއްވުމަށް ވަނީ ނިންމަވާފައެވެ.
މި މެނިފެސްޓޯގައި ޕާޓީގެ އެތެރޭގެ ގޮފިތަކަށް މިނިވަންކަމާއެކު ހަރަކާތްތެރިވުމުގެ ފުރުސަތު ފަހިކޮށްދިނުމަށްވެސް ވަނީ ރާވާފައެވެ.
އެގޮތުން ޕާޓީގެ "އަންހެނުންގެ ރޫހު" އަދި "ޒުވާނުންގެ ހިތްވަރު" ގޮފިތަކަށް ސިޔާސީ ގޮތުންނާއި ހިންގުމުގެ ގޮތުން މާލީ މިނިވަންކަން ދިނުމަށް ވަނީ ހުށަހަޅާފައެވެ.
ހަމައެހެންމެ، ހަމައެކަނި އިންތިހާބުތަކާ ދިމާކޮށް ކެމްޕެއިން ބޭއްވުމުގެ ސަގާފަތް ބަދަލުކޮށް، އެއްވެސް ކެމްޕެއިނެއް ނެތް އާންމު ދުވަސްތަކުގައިވެސް ޕާޓީގެ އާންމު މެންބަރުންނާއި ލީޑަޝިޕާ ދެމެދު އޮންނަ ގުޅުން ދެމެހެއްޓެނިވި ގޮތެއްގައި ވަރުގަދަކުރުމަކީ މީކާއީލްގެ "އިތުބާރު" މެނިފެސްޓޯގެ އެންމެ މުހިންމު އެއް އަސާސެވެ.

ކިޔުންތެރިންގެ ހިޔާލު