އެމްޑީޕީއަށް މި ވަގުތު އެންމެ ބޮޑަށް ބޭނުންވަނީ ވަކި ފަރާތަކަށް ނުޖެހި، ޕާޓީގެ އެއްބައިވަންތަކަން އެންމެ އިސްކަމެއްގެ ގޮތުގައި ހިފަހައްޓާނެ ޗެއަރޕާސަނެއްކަމަށް އެމްޑީޕީގެ ޗެއަރޕާސަންގެ މަގާމަށް ވާދަކުރައްވާ ގަލޮޅު ދެކުނު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ސޯޝަލް މީޑިއާ ޕްލެޓްފޯމް 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެއްޖެއެވެ.
މީކާއިލް ވިދާޅުވީ އޭނާގެ ސިޔާސީ މަސައްކަތުގައި އަބަދުވެސް އެންމެ އިސްކުރާނީ ޕާޓީގެ އާންމު މެންބަރުންގެ ހައްގުތަކާއި މަސްލަހަތު ކަމަށެވެ.
މީގެ އިތުރުން، ކުރިއަށް އޮތް ރިޔާސީ އިންތިހާބާ ގުޅޭގޮތުން ވާހަކަދައްކަވަމުން މީކާއިލް ވިދާޅުވީ، އޭނާ ވަކި ރިޔާސީ ކެންޑިޑޭޓަކަށް ތާއީދު ނުކުރައްވާނެ ކަމަށާއި، އެއީ ސީދާ އެމްޑީޕީގެ އާންމު މެންބަރުން އަމިއްލައަށް ނިންމަންޖެހޭ ނިންމުމެއް ކަމަށެވެ.
ޕާޓީގެ އެތެރޭގެ ޑިމޮކްރަސީ ވަރުގަދަކުރުމަށް ބާރުއަޅުއްވައި އޭނާ ފާހަގަކުރެއްވި ގޮތުގައި، މިއީ ޕާޓީގެ ދެތިން ލީޑަރަކު ބާއްވާ 'ޑީލް' އެއްގެ ތެރެއިން ނިންމޭނެ ނުވަތަ ނިންމަންޖެހޭނެ ކަމެއް ނޫނެވެ.
އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ފޯރި ގަދަވެފައިވާ މި ދަނޑިވަޅުގައި، މީކާއިލްގެ މި ވާހަކަތަކަށް ޕާޓީގެ އާންމު މެންބަރުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބެމުންދާއިރު، މިއީ ޕާޓީގެ މުސްތަގުބަލާ މެދު އާންމު މެންބަރުންގެ މެދުގައި އުފެދިފައިވާ ކަންބޮޑުވުންތަކަށް އަމާޒުކޮށް ކުރެއްވި މުހިންމު އިޝާރާތެއްގެ ގޮތުގައި ގިނަ ބަޔަކު ދަނީ ސިފަކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު