ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ފާޑުވިދާޅުވެ، އެމްޑީޕީގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އަދި އެ ޕާޓީގެ އިސް ހަރަކާތްތެރިއެއް ކަމަށްވާ ފުނަމާ އާދަމް މަނިކު މިއަދު ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.
އެކްސް ގައި ކުރެއްވި ފޯސްޓެއްގައި އާދަމް މަނިކު ވިދާޅުވީ، ރައީސް ނަޝީދަށްޓަކައި ދުނިޔެވީ ހުރިހާ ކަމެއް ދޫކޮށްލުމަށްފަހު މައިދާނަށް ނުކުމެ މަސައްކަތް ކުރި އެތައް ސަތޭކަ ބައެއްގެ ތެރޭގައި އޭނާ ހިމެނޭނެ ކަމަށެވެ. އަދި ޅެމުން ފަރުވާ ނުދިން ކަމުގައި ވިޔަސް، އެމަނިކުފާނަށް ތައުރީފުކޮށް އޭނާ ލިޔެ ހުށަހެޅި ޅެންތައް ވެސް މަދު ނުވާނެ ކަމަށް އާދަމް މަނިކު ފާހަގަކުރެއްވިއެވެ.
އާދަމް މަނިކު ވިދާޅުވި ގޮތުގައި އެމްޑީޕީ އުފެދުމުގެ ކުރިންވެސް އޭނާ އައީ އިސްލާހީ ބައިވެރިންނާ އެކު މައިދާނުގައި އިޚްލާޞްތެރިކަމާ އެކު މަސައްކަތް ކުރަމުންނެވެ. އަދި މިއަދު ވެސް 24 ގަޑިއިރު ހުރީ އެމްޑީޕީގެ ޚިދުމަތުގައި ކަމަށާއި، އަބަދުވެސް އުންމީދު ކުރީ ރައީސް ނަޝީދު މި ޕާޓީގެ ކުރިމަގަށްޓަކައި މާޒީ ދޫކުރައްވައި ހެޔޮ ނިޔަތުގައި މަސައްކަތް ކޮށްދެއްވާނެ ދުވަހަކަށް ކަމަށް އޭނާ ވިދާޅުވިއެވެ.
ނަމަވެސް، މިއަދު އެމްޑީޕީގެ މެންބަރުން ރައީސް ނަޝީދުގެ ކިބައިން މާފަށް އެދުމަށް ގޮވާލެއްވުމުން ހިތަށް ވަރަށް ބޮޑަށް ތަދުވެއްޖެ ކަމަށް އާދަމް މަނިކު ވިދާޅުވިއެވެ.
ރައީސް ނަޝީދަށް އަމާޒުކޮށް އާދަމް މަނިކު އިތުރަށް ވިދާޅުވީ، އެމަނިކުފާނު އިސްނަންގަވައިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ގެންނަވައި، އެމްޑީޕީގެ އިސް ހަރަކާތްތެރިން މުސްކުޅިވީ ދުވަހު މަގުމައްޗަށް ބިކަކޮށް އެއްލައިލުމުން، ދެންވެސް މާފަށް އެދެންވީ އެމްޑީޕީގެ މެންބަރުންތޯ އޭނާ ވަނީ ސުވާލު އުފައްދަވާފައެވެ.
އަދި މިއަދުން ފެށިގެން މި ޕާޓީއަށް (އެމްޑީޕީއަށް) ގެއްލުމެއް ދިން ހަމަ އެކަކަށް ވެސް ދެން މާފު ކުރާކަށް ނެތް ކަމަށް ވިދާޅުވެ، އާދަމް މަނިކު ވަނީ އޭނާގެ ޝުއޫރުތައް ވަރަށް ބޮޑަށް ބަންޑުންކޮށްލާފައެވެ.

Raees @MohamedNasheedd attakai dhuniyevee hurihai kameh dhookoh nukume maidhaa hamayavves masakkaiy kuri ethah satheyka meehunge thereygai gaimuves aharen himeneyne!
— Adam Manik (@funamaadam) May 23, 2026
Lhemun faruvaa nudhinekkamaku emanikufaanah thaureefukoh aharen liye hushaelhi lhen ves madheh nuvaane!…
ނަމަވެސް، މިއަދު އެމްޑީޕީގެ މެންބަރުން ރައީސް ނަޝީދުގެ ކިބައިން މާފަށް އެދުމަށް ގޮވާލެއްވުމުން ހިތަށް ވަރަށް ބޮޑަށް ތަދުވެއްޖެ ކަމަށް އާދަމް މަނިކު ވިދާޅުވިއެވެ.
ރައީސް ނަޝީދަށް އަމާޒުކޮށް އާދަމް މަނިކު އިތުރަށް ވިދާޅުވީ، އެމަނިކުފާނު އިސްނަންގަވައިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ގެންނަވައި، އެމްޑީޕީގެ އިސް ހަރަކާތްތެރިން މުސްކުޅިވީ ދުވަހު މަގުމައްޗަށް ބިކަކޮށް އެއްލައިލުމުން، ދެންވެސް މާފަށް އެދެންވީ އެމްޑީޕީގެ މެންބަރުންތޯ އޭނާ ވަނީ ސުވާލު އުފައްދަވާފައެވެ.
އަދި މިއަދުން ފެށިގެން މި ޕާޓީއަށް (އެމްޑީޕީއަށް) ގެއްލުމެއް ދިން ހަމަ އެކަކަށް ވެސް ދެން މާފު ކުރާކަށް ނެތް ކަމަށް ވިދާޅުވެ، އާދަމް މަނިކު ވަނީ އޭނާގެ ޝުއޫރުތައް ވަރަށް ބޮޑަށް ބަންޑުންކޮށްލާފައެވެ.
ކިޔުންތެރިންގެ ހިޔާލު