ރައީސް ނަޝީދު
ރައީސް ނަޝީދު
ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު މިއަދު ފާދިއްޕޮޅު ނައިފަރަށް ވަޑައިގަތުމަށް ބާއްވާ ޚާއްޞަ ދަތުރުފުޅުގެ ތައްޔާރީތައް އެރަށުގައި ފަށައިފިއެވެ.

އެމަނިކުފާނު ނައިފަރަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިއަދު މެންދުރުފަހު 1:15 ގައެވެ. ރައީސް ނަޝީދަށް މަރުޙަބާ ދެންނެވުމަށްޓަކައި ނައިފަރުގެ ލޮބުވެތި ހުރިހާ ރައްޔިތުން އެރަށުގެ ދެކުނު ބަނދަރު ސަރަޙައްދަށް އެއްވުމަށް އެމްޑީޕީގެ ނައިފަރު ދާއިރާގެ ފަރާތުން ވަނީ އިލްތިމާސްކޮށްފައެވެ.

މި ދަތުރުފުޅުގެ ތެރެއިން އެމްޑީޕީގެ މެންބަރުންނާ ބައްދަލުކުރެއްވުމަށް ބާއްވާ ޚާއްޞަ ހަރުގެ ބައްދަލުވުމެއްވެސް މިއަދު ކުރިއަށްދާނެއެވެ.

މި ބައްދަލުވުން އޮންނާނީ މިއަދު މެންދުރުފަހު 2:00 ގައި އެރަށު "ތަރިބުރު" ޖަގަހައިގައެވެ.

މި ބައްދަލުވުމުގައި ޕާޓީގެ ކުރިއެރުމަށާއި، ކުރިއަށް އޮތް ސިޔާސީ ހަރަކާތްތަކާ ގުޅޭގޮތުން މެންބަރުންނާ މަޝްވަރާކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.



ކިޔުންތެރިންގެ ހިޔާލު