ރައީސް ނަޝީދު
ރައީސް ނަޝީދު
ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގައި، އެކަން ފާސްކުރަން ފުރުސަތު ނުދެއްވާނެ ކަމަށް މަޖިލީހުގެ ރައީސް އަދި ވެރިކަންކުރާ ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވި ވާހަކަފުޅަށް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަރަށް ބޮޑަށް ފާޑުވިދާޅުވެ ރައްދުދެއްވައިފިއެވެ.

އެކްސް ގައި ކުރެއްވި ތަރުޖަމާ ކުރެވިފައިވާ ޕޯސްޓެއްގައި ރައީސް ނަޝީދު ވަނީ، އަބްދުއްރަހީމް އެ ދައްކަވަނީ ކޮންކަހަލަ ވާހަކަފުޅެއްތޯ ސުވާލު ކުރައްވައި، މަޖިލީހުގެ ތިންބައިކުޅައެއްބައި މެންބަރުން ސޮއިކުރައްވައި ހުށަހެޅުމުން ރައީސުލްޖުމްހޫރިއްޔާގެ އިތުބާރު ނެތްކަމުގެ ވޯޓަށް އަހަންޖެހޭނެ ކަމަށް ވިދާޅުވެފައެވެ.





އަދި އެއީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ އެންމެ ބޮޑު އެއް އަސާސް ނުވަތަ ހަމަ ކަންވެސް ނަޝީދު ފާހަގަކުރެއްވިއެވެ.

މި މައްސަލަ ހޫނުވެފައިވަނީ، ރޭ ބޭއްވި ޖަލްސާއެއްގައި މަޖިލީހުގެ ރައީސް އަބްދުއްރަހީމް، ރައީސް މުއިއްޒު މަގާމުން ދުރުކުރުމުގެ އެއްވެސް ފުރުސަތެއް މަޖިލީހުގެ ތެރެއިން ނުދެއްވާނެ ކަމަށް ވަރަށް ސާބިތުކަމާއެކު ވިދާޅުވުމާ ގުޅިގެންނެވެ.

ނަމަވެސް، ގާނޫނީ މާހިރުންނާއި ސިޔާސީ ފަރާތްތަކުން ފާހަގަކުރާ ގޮތުގައި، ގާނޫނުއަސާސީން މަޖިލީހަށް މަތިކޮށްފައިވާ ބާރުތަކާއި، ރައީސުލްޖުމްހޫރިއްޔާ ޖަވާބުދާރީކުރުވުމުގެ ނިޒާމުގެ ދަށުން، ވަކި އަދަދެއްގެ މެންބަރުން ހުށަހަޅައިފިނަމަ އެފަދަ ވޯޓެއް ކުރިއަށް ގެންދަންޖެހެއެވެ.



ކިޔުންތެރިންގެ ހިޔާލު