ކުރީގެ ރައީސް މުހައްމަދު ނަޝީދު ޅ. ނައިފަރަށް ވަޑައިގަތުމުން އެރަށުގެ ރައްޔިތުންގެ ފަރާތުން ހޫނު މަރުހަބާއެއް ކިޔައިފިއެވެ. މިއީ މީގެ 21 އަހަރު ކުރިން އެމަނިކުފާނު އެރަށަށް ވަޑައިގަތުމުން ކުރިމަތިވި ހާދިސާއާ މުޅިން ތަފާތު މަންޒަރެކެވެ.
ރާއްޖޭގެ ސިޔާސީ މަސްރަހު ވަރަށް ބޮޑަށް ހަލަބޮލިވެފައި އޮތް ދުވަސްވަރެއް ކަމަށްވާ 2005 ވަނަ އަހަރުގެ ތެރޭގައި ރައީސް ނަޝީދު ނައިފަރަށް ކުރެއްވި ޒިޔާރަތުގައި، އެރަށުގެ ބައެއް މީހުން ވަނީ އެމަނިކުފާނާ ދެކޮޅަށް ނުކުމެ ގަޔަށް ޗަކަ ޖަހައިފައެވެ. އެ ހާދިސާއަކީ އޭރުގެ ސިޔާސީ ހިޔާލުތަފާތުވުންތަކުގެ ތެރެއިން ހިނގައިދިޔަ ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ފާހަގަކުރެއެވެ.
ނަމަވެސް، މިފަހަރު އެމަނިކުފާނު ނައިފަރަށް ފައިބާވަޑައިގަތުމާއެކު ފެނިގެންދިޔައީ މުޅިން ތަފާތު މަންޒަރެކެވެ. ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ނުކުމެ، އެމަނިކުފާނުގެ ކަރުފުޅުގައި މާފަތި އަޅުވައި، ހިނިތުންވުމާއެކު މަރުހަބާ ދަންނަވާފައިވެއެވެ. މި މަންޒަރުތައް ސޯޝަލް މީޑިއާގައި އާންމުވެފައިވާއިރު، ގިނަ ބަޔަކު އަންނަނީ 2005 ވަނަ އަހަރުގެ ހާދިސާއާއި މިއަދުގެ މަންޒަރު އަޅާކިޔަމުންނެވެ.
ސޯޝަލް މީޑިއާގައި ހިޔާލުފާޅުކުރި ބައެއް މީހުން ބުނި ގޮތުގައި، މިއީ ފާއިތުވި ވިހި ވަރަކަށް އަހަރުގެ ތެރޭގައި ރާއްޖޭގެ ސިޔާސީ ވިސްނުމަށް އައިސްފައިވާ ބަދަލުތައް ރަމްޒުކޮށްދޭ ކަމެކެވެ. އަދި ސިޔާސީ ރުޅިވެރިކަމުގެ ބަދަލުގައި އެއްބައިވަންތަކަމާއި އިހުތިރާމް އިސްކުރުމުގެ ނަމޫނާއެއް ކަމަށްވެސް ބައެއް ފަރާތްތަކުން ސިފަކޮށްފައިވެއެވެ.

ޅ.ނައިފަރު
— Waddey (@waddey_) May 24, 2026
2005 ގައި ޖެހީ ޗަކަ
މިހާރު ކަރު ފުރާ މާފަތި#BoduBadhalu#VoteAnni pic.twitter.com/paRiVKyw9N
ނަމަވެސް، މިފަހަރު އެމަނިކުފާނު ނައިފަރަށް ފައިބާވަޑައިގަތުމާއެކު ފެނިގެންދިޔައީ މުޅިން ތަފާތު މަންޒަރެކެވެ. ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ނުކުމެ، އެމަނިކުފާނުގެ ކަރުފުޅުގައި މާފަތި އަޅުވައި، ހިނިތުންވުމާއެކު މަރުހަބާ ދަންނަވާފައިވެއެވެ. މި މަންޒަރުތައް ސޯޝަލް މީޑިއާގައި އާންމުވެފައިވާއިރު، ގިނަ ބަޔަކު އަންނަނީ 2005 ވަނަ އަހަރުގެ ހާދިސާއާއި މިއަދުގެ މަންޒަރު އަޅާކިޔަމުންނެވެ.
ސޯޝަލް މީޑިއާގައި ހިޔާލުފާޅުކުރި ބައެއް މީހުން ބުނި ގޮތުގައި، މިއީ ފާއިތުވި ވިހި ވަރަކަށް އަހަރުގެ ތެރޭގައި ރާއްޖޭގެ ސިޔާސީ ވިސްނުމަށް އައިސްފައިވާ ބަދަލުތައް ރަމްޒުކޮށްދޭ ކަމެކެވެ. އަދި ސިޔާސީ ރުޅިވެރިކަމުގެ ބަދަލުގައި އެއްބައިވަންތަކަމާއި އިހުތިރާމް އިސްކުރުމުގެ ނަމޫނާއެއް ކަމަށްވެސް ބައެއް ފަރާތްތަކުން ސިފަކޮށްފައިވެއެވެ.
ކިޔުންތެރިންގެ ހިޔާލު