ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަށް 2019 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ ހޯދައިދިނުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ކުރެއްވި މަސައްކަތްޕުޅަށް ތައުރީފުކުރައްވައި، އެ ޕާޓީގެ ކުރީގެ މަޖިލިސް މެންބަރު ހާމިދު އަބްދުލްގަފޫރު ވާހަކަދައްކަވައިފިއެވެ. އޭނާ ވަނީ އެ ކާމިޔާބީއަށް ފަހު ޕާޓީގެ ތެރެއިން ނަޝީދާއި އާންމު މެންބަރުންނާ މެދު އަމަލުކުރި ގޮތަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
ހާމިދު ފާހަގަކުރެއްވި ގޮތުގައި، 2019 ވަނަ އަހަރު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީއަށް ސުޕަ މެޖޯރިޓީ ހޯދައިދިނުމަށް ރައީސް ނަޝީދު ކުރެއްވީ ބުރަ މަސައްކަތްޕުޅުތަކެކެވެ. އަމިއްލަ އެދުމައިގެން ސިޔާސީ ޕާޓީތަކުގެ ސިފަޖެހިގެން އައި ހުދުމުޚުތާރު ފެކްޝަންތަކާ ދެކޮޅަށް ރައީސް ނަޝީދު އެކަނިމާ އެކަނި ކުރިމަތިލެއްވި ކަމަށް އޭނާ ވިދާޅުވިއެވެ. އަދި 2024 ވަނަ އަހަރުގެ މަޖިލިސް އިންތިޚާބުގައި އެ ފެކްޝަންތަކަށް ގޮނޑިތަކެއް ދޫކޮށްލުމަށް އެދުމުންވެސް، ރައީސް ނަޝީދު އެކަމަށް އިންކާރު ކުރައްވައި، ސާބިތުވެ ހުންނަވައި އެމްޑީޕީއަށް ބޮޑު އަޣުލަބިއްޔަތެއް ކަށަވަރު ކޮށްދެއްވިކަން ހާމިދު ފާހަގަކުރެއްވިއެވެ.
ނަމަވެސް، އެ ބުރަ މަސައްކަތުން ހޯދައިދިން ސުޕަ މެޖޯރިޓީ ބޭނުންކޮށްގެން، ފަހުން މަޖިލީހުގެ ރައީސްގެ މަގާމުގައި ހުންނެވި ނަޝީދާ ދެކޮޅަށް ތެދުވުމަކީ ޕާޓީގެ އާންމު މެންބަރުންނަށް ކުރި ބޭއިންސާފެއް ކަމަށް ހާމިދު ސިފަކުރެއްވިއެވެ. އޭނާ ވިދާޅުވީ އެ ދުވަސްވަރު ޕާޓީގެ އާންމު މެންބަރުންނާ މެދު ކަންތައް ކުރެވުނީ އެއްވެސް އަގަކާ ނުލާ ގެންގުޅޭ ޖަނަވާރުން ފަދައިން ކަމަށެވެ.
ހާމިދު އިތުރަށް ތުހުމަތު ކުރެއްވި ގޮތުގައި، 2023 ވަނަ އަހަރުގެ ރިޔާސީ ޕްރައިމަރީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙަށް ކާމިޔާބު ކޮށްދިނުމަށްޓަކައި، ފަހުން ހެދި ގަވާއިދުތަކެއްގެ އެހީގައި ދޮގު ވާހަކަތައް ފަތުރައި، ޕާޓީގެ ގިނަ އަދަދެއްގެ މެންބަރުން ވަނީ ވަކިކޮށްފައެވެ. މިއީ ފެށުނީއްސުރެ ކުރިމަތިވާން އޮތް ބޮޑު ހަލާކެއް ކަމަށާއި، ޕާޓީން ވަކިކޮށްލި ހިތްވަރުގަދަ މެންބަރުންގެ ސިޔާސީ ގާބިލުކަން ރައީސް ޞާލިޙަށް ވަޒަންކޮށްނުލެވުނު ކަމަށް އޭނާ ވިދާޅުވިއެވެ.
ރައީސް ނަޝީދަކީ އަދިވެސް އެ މެންބަރުންގެ ލީޑަރުކަން ފާހަގަކުރައްވަމުން ހާމިދު ވިދާޅުވީ، ނަޝީދު މިހާރު ހުންނެވީ އަނެއްކާވެސް އެމްޑީޕީއާ އެކު ކުރިއަށް ވަޑައިގަންނަވަން ކަމަށާއި، މިއީ އެމަނިކުފާނުގެ މުޅި އުމުރުގެ ޖިހާދު ކަމަށެވެ.
ހާމިދު ވިދާޅުވީ، މުސްތަގުބަލުގައި އެމްޑީޕީގެ އިންސާފުވެރި ގައުމީ މަޖިލީހަކުންނާއި، އިދިކޮޅުން ބޭނުންކުރި ފަރާތްތަކުންވެސް ރައީސް ނަޝީދަށް ދިން އަނިޔާތަކަށް މައާފަށް އެދޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. މީގެ އިތުރުން ރައީސް ނަޝީދުގެ ފުރާނަފުޅު ދުއްވާލުމަށް ދެވުނު ނުރައްކާތެރި ހަމަލާތަކުގެ ހަގީގަތްތައް އަދިވެސް ސާފުނުވެ ހުރިކަން އޭނާ ފާހަގަކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު