އިނގިރޭސި ޕްރެމިއާ ލީގުގައި 14 އަހަރު ހޭދަކުރުމަށްފަހު، ވެސްޓް ހޭމް ޔުނައިޓެޑް ރޭ ލީގުން ރެލިގޭޓްވެއްޖެއެވެ. މިއާއެކު، ގާތްގަނޑަކަށް ބައި ގަރުނަށްފަހު ފުރަތަމަ ފަހަރަށް ދެވަނަ ޑިވިޝަނަށް ވެއްޓުމުގެ ބިރު އޮތް ޓޮޓެންހަމް ހޮޓްސްޕާ ވަނީ ލީގުގައި މަޑުކުރުމުގެ ފުރުސަތު ކަށަވަރުކޮށްފައެވެ.
މިރޭ އެވަަޓަންއާ ދެކޮޅަށް ކުޅުނު މެޗަށް ޓޮޓެންހަމް ނުކުތްއިރު، 1977 ވަނަ އަހަރަށްފަހު ފުރަތަމަ ފަހަރަށް ރެލިގޭޓްވުމުން ސަލާމަތްވުމަށް އެ ޓީމަށް ބޭނުންވީ އެންމެ ޕޮއިންޓެކެވެ. އެއީ ވެސްޓް ހޭމްއަށްވުރެ ދެ ޕޮއިންޓް ކުރީގައި އޮތުމާއި ގޯލުގެ ތަފާތުންވެސް ކުރިލިބިފައި އޮތުމުންނެވެ.
ޓޮޓެންހަމް ހޮޓްސްޕާ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފު ނިމެން ކައިރިވެފައި ވަނިކޮށް، ޔާއޯ ޕައުލީނިއާ ވަނީ ލަނޑެއް ޖަހައި ޓީމަށް ހަމަޖެހުން ހޯދައިދީފައެވެ. މި ލަނޑާއެކު ކޯޗު ރޮބާޓޯ ޑި ޒާބީ އާއި ސަޕޯޓަރުން ވަނީ ވަރަށް ބޮޑަށް އުފާފާޅުކޮށްފައެވެ.
ޓޮޓެންހަމްގެ މި ލަނޑާއެކު، ނޫނޯ އެސްޕިރިޓޯ ސަންޓޯގެ އިރުޝާދުގެ ދަށުން ކުޅެމުންދިޔަ ވެސްޓް ހޭމްއަށް އޮތް ފުރުސަތު ހަނިވިއެވެ. އެ ވަގުތު ލީޑްސްއާ ދެކޮޅަށް 0-0 އިން އެއްވަރުވެފައި އޮތް ވެސްޓް ހޭމްއަށް، މެޗުން މޮޅުވިޔަސް ލީގުގައި މަޑުކުރެވެން އޮތީ އެވަޓަންގެ އެހީތެރިކަމެއް ލިބިގެންނެވެ.
ލަންޑަން ސްޓޭޑިއަމްގައި ކުޅުނު މެޗުގެ ދެވަނަ ހާފުގެ މެދުތެރެއިން ވެލެންޓިން ކަސްޓެޔާނޯސް ޖެހި ލަނޑުން ވެސްޓް ހޭމްއަށް އުންމީދެއް ލިބުނެވެ. އަދި މެޗު ނިމުނުއިރު ޖެރަޑް ބޮވެން އާއި ކެލަމް ވިލްސަން ޖެހި ލަނޑުތަކާއެކު 3-0 އިން ލީޑްސް ބަލިކުރި ނަމަވެސް، ޓޮޓެންހަމުން އެވަޓަން އަތުން މޮޅުވުމުން ވެސްޓް ހޭމް ވަނީ ރެލިގޭޓް ވެފައެވެ.
މާޗް މަހުގެ ފަހުކޮޅު ޓޮޓެންހަމްގެ ކޯޗެއްގެ ގޮތުގައި ހަވާލުވި ޑި ޒާބީގެ އިރުޝާދުގެ ދަށުން އެ ޓީމުން ފަހަކަށް އައިސް ވަނީ ނަތީޖާތައް ރަނގަޅުކޮށްފައެވެ. ދުނިޔޭގެ ނުވަވަނައަށް އެންމެ މުއްސަނދި ކްލަބުގެ ގޮތުގައި އޮތް ޓޮޓެންހަމް ރެލިގޭޓްވިނަމަ، އެ ކްލަބަށް މާލީ ގޮތުން ބޮޑެތި ގެއްލުންތަކެއް ކުރިމަތިވީހެވެ.
2012 ވަނަ އަހަރު ޕްރެމިއާ ލީގަށް ޕްރޮމޯޓްވި ވެސްޓް ހޭމް، އަންނަ ސީޒަނުގައި ފެންނާނީ ބާންލީ އަދި ވުލްވްސްއާއެކު ޗެމްޕިއަންޝިޕްގައެވެ. މިއީ ކުރީގެ ކޯޗު އޭންޖް ޕޯސްޓެކޮގްލޫގެ އިރުޝާދުގެ ދަށުން މިދިޔަ ސީޒަނުގައި ޔޫރޮޕާ ލީގު ކާމިޔާބުކުރި ޓީމަށް ލިބުނު ބޮޑު ހީނަރުކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު