ގައުމީ ދުވަހުގެ މުނާސަބާތުގައި ޖުމުހޫރީ މައިދާނުގައި ބޭއްވި ދިދަނެގުމުގެ ރަސްމިއްޔާތުގެ ތެރެއިން
ގައުމީ ދުވަހުގެ މުނާސަބާތުގައި ޖުމުހޫރީ މައިދާނުގައި ބޭއްވި ދިދަނެގުމުގެ ރަސްމިއްޔާތުގެ ތެރެއިން
ގައުމީ ދުވަހުގެ މުނާސަބަތުގައި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ގައުމީ ދިދަނެގުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

ގައުމީ ދުވަހުގެ މުނާސަބާތުގައި މާލޭގައި ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތު ބޭއްވީ ޖުމުހޫރީ މައިދާނުގައެވެ. މިއަދު ހެނދުނު ހަޔެއް ޖެހިއިރު ބޭއްވި މިރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހަންމަދު ސޯލިހާއި ނާއިބް ރައީސް ފައިސަލް ނަސީމާ ވަޒީރުން ބައިވެރިވެވަޑައިގެންނެވިއެވެ.

މިއަދު ހެނދުނު 06:00 ގައި ޖުމްހޫރީ މައިދާނުގައި ބޭއްވި ދިދަ ނެގުމުގެ މި ޚާއްޞަ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޖުމްހޫރީ މައިދާނަށް ވަޑައިގަތުމުން އެ މަނިކުފާނަށް މަރުޙަބާ ދެންނެވީ މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދުދީދީ އާއި މިނިސްޓަރ އޮފް ހޯމް އެފެއާޒް އައްޝައިޚް އިމްރާން ޢަބްދުﷲ އެވެ. މި ރަސްމިއްޔާތުގައި ދިދަ ނެގުމުގެ އިތުރުން ދުވަހާގުޅޭ ޚާއްޞަ ދުޢާއެއް ކޮށްފައިވެއެވެ. އަތޮޅު ތެރޭގައި ދިދަ ނެގުމުގެ ރަސްމިއްޔާތު ބޭއްވީ ރަށްރަށުގެ ކައުންސިލް އިދާރާގައެވެ.

ގައުމީ ދުވަސް ފާހަގަކުރަނީ އުތީމު ބޮޑުތަކުރުފާނު ޕޯޗްގީޒު އިސްތިއުމާރުން ދިވެހި ގައުމުގެ ދީނާއި ދިވެހި ގައުމުގެ މިނިވަންކަމާއި ރައްޔިތުން ސަލާމަތްކޮށް ދެއްވި ހާދިސާގެ ޒިކުރާ އާކުރުމުގެ ގޮތުންނެވެ. ތާރީޚުގައި ލިޔެފައިވާ ގޮތުން އެހާދިސާ ހިނގާފައިވަނީ 981 ވަނަ އަހަރު ރަބީއުލްއައްވަލް މަހުގެ 1 ވަނަ ދުވަހުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން