ލޫކަސް ޖަލީލް
ލޫކަސް ޖަލީލް
ދޫނިދޫ ޖަލުގައި ހައްޔަރުކޮށްފައި ބެހެއްޓުމަށްފަހު، 10 ދުވަސް ފަހުން މިނިވަންވި ސޯޝަލް މީޑިއާ އެކްޓިވިސްޓު، ލޫކަސް ޖަލީލް ބުނީ، ދޫނިދޫ ޖަލުން ދިމާވި ވަރަށް ގިނަ ގައިދީން އޭނާގެ ކިބައިން އެދުނީ މިހާރު އޮތް ވެރިކަން ނިންމުމުގެ މަސައްކަތް ކޮށްދިނުމަށް ކަމަށެވެ.

އަދި ގައިދީންގެ އެ އެދުމާ އެއްގޮތަށް، ވެރިކަން ނިންމުމުގެ އެ މަސައްކަތް އެމީހުން ކުރާނެ ކަމަށްވެސް އޭނާ ބުންޏެވެ.

ލޫކަސް މިހެން ބުނީ ރޭ ނޫސްވެރިން އިސްނަގައިގެން ބޭއްވި އިހުތިޖާޖެއްގެ ތެރެއިންނެވެ. އޭނާ މިފަދަ މޭރުމަކުން ވާހަކަދައްކަވާފައި މިވަނީ، ދޫނިދޫ ޖަލުގައި ހައްޔަރުކޮށްފައި ތިބޭ ގައިދީންނަށް ބޮޑެތި އަނިޔާތަކެއް ކުރަމުންދާ ކަމުގެ ވާހަކަތަކެއް ފެންމަތިވެ، އެ މައްސަލަ މީޑިއާތަކުގެ ފަލަސުރުޚީތަކަށް އަރާފައިވާ ދަނޑިވަޅެއްގައެވެ.

ޖަލުން މިނިވަންވުމަށްފަހު އޭނާ ހިއްސާކުރި މި ވާހަކަތަކާ އެކު، ޖަލުތަކުގެ ހާލަތާއި ގައިދީންނަށް ކުރާ މުއާމަލާތްތަކާ މެދު އާންމުންގެ މެދުގައި ވަނީ ކަންބޮޑުވުން އިތުރުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް