ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް، ގޭމްގެ އިސް މަޤާމްތަކަށް ކުރިމަތިލުމުގެ ފުރުސަތު އެ އެސޯސިއޭޝަނުން ހުޅުވާލައިފިއެވެ.

ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ބުނީ، އެ އެސޯސިއޭޝަންގެ ރައީސްގެ މަޤާމާއި ނައިބުރައީސްގެ މަޤާމް އަދި ސެކްރެޓަރީ ޖެނެރަލް، ކޯޕަރޭޓް އެފެއާޒް އަދި އެކްސްކޯ މެންބަރުގެ 2 މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލާފައިވާކަމަށެވެ.

މި މަޤާމްތަކަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި މިއަހަރުގެ ސެޕްޓެމްބަރުމަހާއި ހަމައަށް ގެސްޓްހައުސް އެސޯސިއޭޝަންގެ ގޯލްޑް މެންބަރޝިޕް ރަޖިސްޓްރީކޮށް އަހަރީ ފީ ދައްކާފައިވާންޖެހެއެވެ. އަދި ގެސްޓްހައުސް އެސޯސިއޭޝަން ތަމްސީލްކުރުމަށް ރަޖިސްޓްރީކޮށްފައިވާ ފަރާތަކަށްވުމާއި، 18 އަހަރު ވެފައިވާ ދިވެއްސަކަށްވުން ހިމެނެއެވެ. މީގެއިތުރުން ތަމްސީލްކުރާ ގެސްޓްހައުސްގެ މުއްދަތު ހަމަނުވާ ޓޫރިޒަމް ލައިސަންސައެއް އޮތުމަކީވެސް ޝަރުތެކެވެ.

މި މަޤާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު މިމަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. އަދި މިމަޤާމްތަކަށް ބޭފުޅުން އިންތިޚާބުކުރުމަށް ބާއްވާ އިލެކްޝަން އޮންނާނީ މިމަހުގެ 31 ވަނަ ދުވަހުކަމަށް ގެސްޓްހައުސް އެސޯސިއޭޝަނުން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން