ގައުމީ ދުވަސް ފާހަގަކުރުމަށް މިއަދު ޖުމުހޫރީ މައިދާނުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް އާއި ހޯމް މިނިސްޓަރު ބައިވެރިވެވަޑައިގަންނަވަނީ
ގައުމީ ދުވަސް ފާހަގަކުރުމަށް މިއަދު ޖުމުހޫރީ މައިދާނުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް އާއި ހޯމް މިނިސްޓަރު ބައިވެރިވެވަޑައިގަންނަވަނީ
ބޭރުގައުމަކުން ބަޔަކު ރާއްޖެއަށް އަރައި އަޅުވެތި ކުރުމުގެ ބިރަށްވުރެ ޒުވާނުންގެ އިޖްތިމާއީ އަޚުލާގީ ވަބާތަކުން ގައުމު އަޅުވެތިވެފައިވާ މިންވަރު މާ ބޮޑު ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބުދު ﷲ މިއަދު ވިދާޅުވެއްޖެއެވެ.

ގައުމީ ދުވަހުގެ މުނާސަބާތުގައި ހއ. އުތީމުގައި މިއަދު ބޭއްވި ޖަލްސާ އަށް ފޮނުއްވި ވީޑިއޯ މެސެޖެއްގައި ހޯމް މިނިސްޓަރު އިމްރާން އަބުދު ﷲ ވިދާޅުވީ ދުޝްމަނުން ބައެއް ފަހަރު ދިވެހިންގެ ވިސްނުމުގެ ރާޑަރަށް ގެއްލިގެންދާ ކަމަށެވެ. ބޭރުގައުމަކުން ރާއްޖެ އަޅުވެތި ކުރުމުގެ ބިރަށްވުރެ ޒުވާނުންގެ އިޖްތިމާއީ އަޚުލާގީ ވަބާތަކުން އަޅުވެތިވެފައިވާ މިންވަރު މާ ބޮޑު ކަމަށާއި، އެފަދަ އަޚުލާގީ ވަބާތަކުން އަރައިގަންނަން ޖެހޭ ކަމަށް އިމްރާން ވިދާޅުވިއެވެ. މިނިވަންކަމާ މެދު ވިސްނާއިރު މުޖުތަމައުގެ ތެރެއަށް ވިސްނަން ޖެހޭ ކަމަށް އިމްރާން ވިދާޅުވިއެވެ. ގިނަ ފަހަރަށް ގާތުގައި ހުރި މައްސަލަތަކަށް ސަމާލުކަން ނުދެވޭ ކަން މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.

" ދުރުން ބޭރުން އަރައިގެން އައިސް އަޅުގަނޑުމެން އަޅުވެތިކޮށްފާނެ ބަޔެއްގެ ބިރަށް ވުރެ މިވަގުތު އަޅުވެތި ވެފައިވަނީ އިޖްތިމާއީ އަޚުލާގީ ވަބާތަކަށް. އެހެންކަމުން އަޅުގަނޑު އެންމެހާ ފަރާތްތަކުގެ ކިބައިން މިއެދެނީ މިކަމާ މެދު ވިސްނާ ފިކުރުކޮށް މިމައްސަލަތައް ހައްލު ކުރުމަކީ އަމިއްލަ ފަރުދީ ގައުމީ ޒިންމާ އެއް ކަމުގައި ހަދައި ގަބޫލުކޮށްގެން އެމަގަށް މަސައްކަތްކޮށްދެއްވުމަށް." އިމްރާން ވިދާޅުވިއެވެ.

ގައުމިއްޔަތަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް އަލިއަޅުއްވާލައްވަމުން މިނިސްޓަރު އިމްރާން ވަނީ އެ ގޮންޖެހުންތަކުގެ ތެރޭގައި މަސްތުވާތަކެތީގެ ވަބާއާއި، ކުޑަކުދިންނާއި އަންހެނުންނަށް ކުރާ އަނިޔާގެ އިތުރުން ޒުވާނުން އިސްލާމީ އަގީދާއި ދޫކޮށް ހަރުކަށިކަމަށް ލެނބިގެންދިޔުން ހިމެނޭކަން ފާހަގަކުރައްވާފައެވެ.

"އިސްލާމްދީނުގެ ސައްހަ އަގީދާ ދޫކޮށް، ހަރުކަށި އަނިޔާވެރި މަގަށް ލެނބޭ ޒުވާނުން އަޅުގަނޑުމެންގެ ތެރޭގައި އިތުރުވަމުންދިޔުން، މިކަންކަމަކީ އަންނަން އޮތް ޖީލުތަކަށް އަޅުގަނޑުމެން ސިފަކުރާނެ ގޮތް އަދި މިކަންކަން ހައްލު ކޮށްގެން ނޫނީ ތަރައްގީ އާއި ކުރިއެރުން ނުހޯދޭނެ." ހޯމް މިނިސްޓަރު އިމްރާން ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރު އިމްރާން ވަނީ ތަފާތު ވިސްނުމާއި ޚިޔާލުތަކުގެ ތެރެއިން ދީނާ މިނިވަންކަމާއި ގައުމިއްޔަތުގެ އެންމެހާ ބަހާތައް ހިމާޔަތްކުރުމަށް ގޮވާލައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު


2

އަލިމަނިކު

19-Oct-2020

ތިޔަވިދާޅުވި ދެކަމެއް އަޅުވާ ނުކިޔޭނެ ބޭރުގެ އަޅުވެތި ކަން ނާ ނުރައްކާވާނެ


-7

އައްބެ

19-Oct-2020

މިނިސްޓަރ އިމްރާން އެވިދާޅުވީ ވަރައް ރަންގަޅު ވާހަކަ ފުޅެއް



ޓްރެންޑިން