ދަނޑުވެރިކަމަށް އެތެރެކުރާ ގިނަ ބާވަތްތަކަކުން ނަގަމުންދިޔަ ޑިއުޓީ ކަނޑާލުމާއި ގުޅިގެން އޮގަސްޓްމަހުގެ ނިޔަލަށް އެފަދަ ތަކެތީގެ ޑިއުޓީން 1.73 މިލިއަން ރުފިޔާ މައާފްކޮށްދީފައިވާކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ބުނެފިއެވެ.

މޯލްޑިވްސް ކަސްޓަމްސްއިން ބުނީ، އޮގަސްޓްމަހުގެ ނިޔަލަށް ދަނޑުވެރިކަމުގެ ބޭނުމަށް ތަކެތި އިމްޕޯޓްކުރާ ފަރާތްތަކުގެ ގޮތުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް 1.73 މިލިއަން ރުފިޔާގެ ޑިއުޓީ މައާފްކޮށްދީފައިވާކަމަށެވެ.

ކަސްޓަމްސްއިން ބުނާގޮތުން ޤާނޫނަށް ގެނައި އިސްލާހާއެކު ވިޔަފާރިވެރިން ކަސްޓަމްސްއަށް ދައްކަންޖެހޭ ޑިއުޓީން އަހަރެއްގެ މައްޗަށް 178 މިލިއަން ރުފިޔާ ކުޑަވެގެންދާނެކަމަށެެވެ.

އިމްޕޯޓް އެކްސްޕޯޓް ޤާނޫނަށް ގެނައި އިސްލާހަށް އަމަލުކުރަންފެށުމާއިއެކު ކަސްޓަމްސްއިން ވަނީ މި ޤާނޫނުގެ ސަބަބަބުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއި ގުޅުންހުރި ސިނާއަތްތަކުން ބޭނުންކުރާ ގިނަ ބާވަތްތަކުގެ ޑިއުޓީ ރޭޓު ދަށްކޮށްފައިވާތީ ވިޔަފާރިތައް ކުރިއެރުމަށް އެހީތެރިކަން ލިބިގެންދާނެކަމަށް ބުނެފައެވެ.

އިމްޕޯޓް އެކްސްޕޯޓް ޤާނޫނަށް ގެނައި އިސްލާހަށް އަމަލުކުރަން ފަށާފައިވަނީ މިދިޔަ ސެޕްޓެމްބަރުމަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ. މި ޤާނޫނުގައިވާ ގޮތުން ދަނޑުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށްޓަކައި ދަނޑުވެރިކަމުގެ ބޭނުމަށް ރާއްޖެ އެތެރެކުރާ ގިނަ ބާވަތްތަކަކުން ނަގަމުންދިޔަ ޑިއުޓީ ވަނީ ކަނޑާލާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން