ރޭގެ މެޗްގައި ޗެލްސީ އަށް ދެ ގޯލް ކާމިޔާބުކޮށްދިން ވާނާ (ވ)
ރޭގެ މެޗްގައި ޗެލްސީ އަށް ދެ ގޯލް ކާމިޔާބުކޮށްދިން ވާނާ (ވ)
އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ ސައުތެމްޓަނުން ޗެލްސީ މޮޅުވިޔަނުދީ ހިފެހެއްޓިއިރު، ލިވަޕޫލަށްވެސް އެވަޓަންގެ އަތްދަށުން ސަލާމަތްވެވޭ ގޮތެއް ނުވިއެވެ.

ޗެލްސީގެ ދަނޑުގައި ކުޅުނު މެޗު ނިމުނީ 3-3 ކުން އެއްވަރުވެގެންނެވެ.

މެޗުގައި ފުރަތަމަ ލީޑް ނެގީ ޗެލްސީންނެވެ. އެގޮތުން މެޗުގެ 15 ވަނަ މިނެޓުގައި ޗެލްސީގެ ޓިމޯ ވާނާ ވަނީ ލަނޑެއް ޖަހާފައެވެ. މިއީ މި ސީޒަނުގައި ޗެލްސީއަށް ބަދަލުވެ ޓީމޯ ވާނާ ޕްރިމިއަރ ލީގުގައި އެޓީމަށް ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑެއެވެ. އަދި މެޗްގެ 29 ވަނަ މިނެޓުގައި ޓިމޯ ވާނާ ވަނީ އިތުރު ގޯލެއް ކާމިޔާބުކޮށްދީ ޗެލްސީގެ ލީޑު ފުޅާކޮށްފައެވެ.

މި މެޗުގައި ސައުތެމްޓަންގެ ފުރަތަމަ ލަނޑު މެޗުގެ 43 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ޑެނީ އިންގްސްއެވެ. އަދި ދެވަނަ ހާފް ފަށައިގެން 57 ވަނަ މިނެޓުގައި އެޑަމްސްގެ ގޯލާއެކު ސައުތެމްޓަނުން ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ. ޗެލްސީން މެޗްގެ ލީޑް ދެވަނަ ފަހަރަށް ހޯދީ ކައި ކާމިޔާބު ކޮށްދިން ގޯލުންނެވެ. ނަމަވެސް މެޗުގެ އިތުރު ވަގުތުގައި ވެސްޓަގާޑްގެ ގޯލުން ސައުތެމްޓަން ވަނީ ޗެލްސީ މޮޅުވިޔާ ނުދީ ހިފަހައްޓާފައެވެ.

އިނގިރޭސި ޕްރިމިއަރ ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލާއި އެވަޓަން ރޭ ބައްދަލުކުރި މެޗު އެއްވަރުވީ 2-2 ގެ ނަތީޖާއަކުންނެވެ.

މެޗުގެ ތިންވަނަ މިނެޓުގައި ލިވަޕޫލުން ސާދިއޯ މާނޭގެ ގޯލުން ލީޑު ނަގާފައި ވާއިރު، އެވަޓަންއަށް ނަތީޖާ ހަމަހަމަކޮށްދިނީ ޑިފެންޑަރު މައިކަލް ކީން އެވެ. ލިވަޕޫލުން މެޗްގެ ލީޑް ދެވަނަ ފަހަރަށް ހޯދީ މުޙައްމަދު ސަލާހް ލިވަޕޫލަށް ކާމިޔާބުކޮށްދިން 100 ވަނަ ލަނޑުންނެވެ. މެޗުގެ ނަތީޖާ އެވަޓަންއަށް ހަމަހަމަކޮށްދިން ލަނޑު 81 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ފޯވާޑް ޑޮމިނިކް ކަލްވެޓް-ލެވިންއެވެ.

މި ނަތީޖާއާއެކު ލީގުގައި މިހާތަނަށް ކުޅުނު 5 މެޗުން ހޯދި 13 ޕޮއިންޓާއެކު ލީގު ތާވަލްގެ އެއްވަނައިގައި އޮތީ އެވަންޓަންއެވެ. ދެވަނައިގައި 10 ޕޮއިންޓާއެކު އޮތީ ޗެމްޕިއަން ލިވަޕޫލްއެވެ. އަދި ޗެލްސީ އޮތީ 8 ޕޮއިންޓާއެކު ލީގު ތާވަލްގެ 8 ވަނައިގައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން