ރާއްޖޭގެ އިގްތިސާދީ ދާއިރާ ހަރުދަނާކޮށް، ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި ރައްޔިތުންނަށް ލިބޭ އާމްދަނީ ދެގުނައަށް އިތުރުކުރުމަށްޓަކައި އެމްޑީޕީން ބޮޑެތި މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ އދ. މާމިންގިލިއަށް ކުރެއްވި ކެމްޕެއިން ދަތުރުފުޅެއްގައި އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ނަޝީދުގެ ވާހަކަފުޅުގައި، މީގެ ވިހި އަހަރު ކުރިން އެމްޑީޕީން އިޖުތިމާއީ ރައްކާތެރިކަމުގެ ސިޔާސަތުތައް ފުރަތަމަ ހުށަހެޅުމުން، އެއީ އޭރުގެ ހާލަތަށް ބަލާފައި ގިނަ ބަޔަކު ގަބޫލުކުރަން ދަތި "މޮޔަ" ކަންތައްތަކެއްގެ ގޮތުގައި ސިފަކުރިކަން ފާހަގަކުރެއްވިއެވެ.
ނަމަވެސް، އޭރު އެމްޑީޕީން ގެންގުޅުނު ތަސައްވުރުގެ ސަބަބުން މިއަދު ދޮށީ އުމުރުގެ މީހުންނަށް ޕެންޝަން ލިބުމާއި، ސަލާންޖަހަން ނުޖެހޭ ފަދަ ބޭސްފަރުވާއެއްގެ އިތުރުން ހަރުދަނާ ތައުލީމީ ނިޒާމެއް ގާއިމުވެ، އެކަންކަން ހަގީގަތަކަށް ވެފައިވާކަމަށް އެމަނިކްފާނު ވިދާޅުވިއެވެ.
ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރުމަށް އެމްޑީޕީން އެޅި ފިޔަވަޅުތަކަށް އަލިއަޅުއްވާލައްވަމުން ނަޝީދު ވިދާޅުވީ، 2010 ވަނަ އަހަރު މީރާ އުފައްދައި ޓެކްސްގެ ނިޒާމު ތައާރަފްކުރުމަކީ ރާއްޖޭގެ އިގްތިސާދީ ބިންގާ އެޅުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ. މީގެ ނަތީޖާއެއްގެ ގޮތުން، 2007 ވަނަ އަހަރު ދައުލަތަށް ލިބުނު 6.5 ބިލިއަން ރުފިޔާގެ އާމްދަނީ، 10 އަހަރުގެ ތެރޭގައި 20 ބިލިއަނަށްވުރެ މައްޗަށް އުފުލިގެންދިޔަކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، 2011 ވަނަ އަހަރު ދިވެހި ރުފިޔާ ފްލޯޓްކުރުމަށް ނިންމި ނިންމުމަކީ މަސްވެރިންނާއި ރިސޯޓު މުވައްޒަފުން ހިމެނޭ ގޮތަށް، ރާއްޖޭގެ މަސައްކަތްތެރިންގެ 65 އިންސައްތަ މީހުންގެ އާމްދަނީ މަތިކުރުމަށް މަގުފަހިވި މުހިންމު ނިންމުމެއް ކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި އަސާސީ ތަކެތިން އިމްޕޯޓް ޑިއުޓީ ކަނޑާލުމުގެ ސަބަބުން ރައްޔިތުންގެ ޖީބުތަކަށް ސީދާ ގޮތުން ބޮޑެތި ލުއިތަކެއް ލިބިގެންދިޔަކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ކުރިއަށް އޮތް ތަނުގައި އެމްޑީޕީން ގެންގުޅޭ "އިގްތިސާދީ ބޮޑު ބަދަލު" މެނިފެސްޓޯއާ ގުޅޭގޮތުން ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ރާއްޖޭގައި "އެކްޒިމް" ބޭންކެއް އުފައްދައި، ދިވެހި ވިޔަފާރިވެރިންނަށް ބައިނަލްއަޤުވާމީ މާކެޓްތަކުން ފުރުސަތުތައް ހޯދައިދެވޭނެ ކަމަށެވެ. ހަމައެއާއެކު، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށްޓަކައި އެ ކުންފުނިތައް ނޭޝަނަލް އިންވެސްޓްމަންޓް ފަންޑަކަށް ބަދަލުކުރުމަކީ އެމްޑީޕީގެ ބޮޑު އަމާޒެއް ކަމަށާއި، މި ބަދަލުތަކާއެކު ރާއްޖޭގެ އިޤްތިޞާދު މުޅިން އައު ހަރުފަތަކަށް ގެންދެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު