އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޓެކްސް ރެކޯޑްތައް ލީކުވި މައްސަލައިގައި، އެމެރިކާގެ ޓެކްސް އިދާރާ (އައި.އާރު.އެސް) އާ ދެކޮޅަށް އުފުލާފައިވާ ދައުވާގައި މަކަރާއި ހީލަތް އެކުލެވިގެންވޭތޯ ބެލުމަށް ފެޑެރަލް ކޯޓުގެ ކުރީގެ ފަނޑިޔާރުންގެ ގްރޫޕަކުން ގޮވާލައިފިއެވެ.
ތަފާތު ސިޔާސީ ފިކުރުތަކުގެ ރައީސުން އައްޔަންކުރައްވާފައިވާ 35 ކުރީގެ ފަނޑިޔާރުން ފްލޮރިޑާގެ ކޯޓަށް ހުށަހެޅި ލިޔުމެއްގައި ބުނެފައިވަނީ، ޓްރަމްޕާއި އޭނާގެ އާއިލާއިން އައި.އާރު.އެސްއާ ދެކޮޅަށް ކުރި ދައުވާ އަނބުރާ ގެންދިއުމަށް ވެފައިވާ އެއްބަސްވުމަކީ ނާޖާއިޒު މަންފާތަކެއް ހޯދައިދިނުމަށް އުސޫލުން ބޭރުން ކޮށްފައިވާ ކަމެއް ކަމަށެވެ.
ޓްރަމްޕާއި އޭނާގެ އާއިލާއިން އައި.އާރު.އެސްއާ ދެކޮޅަށް 10 ބިލިއަން ޑޮލަރުގެ ބަދަލު ހޯދަން ދައުވާ ކުރީ، އެ އިދާރާގެ ކޮންސަލްޓަންޓަކު ޓްރަމްޕްގެ ޓެކްސް ރެކޯޑްތައް ލީކުކޮށްލުމާ ގުޅިގެންނެވެ. ނަމަވެސް، ޖަސްޓިސް ޑިޕާޓްމަންޓުން އަދުލު އިންސާފުގެ ނިޒާމުގެ ޝިކާރައަކަށް ވެފައިވާ ފަރާތްތަކަށް ބަދަލު ދިނުމަށް އުފެއްދި 1.8 ބިލިއަން ޑޮލަރުގެ ފަންޑެއްގެ ދަށުން، ޓްރަމްޕްގެ އާއިލާއިން ވަނީ މި ދައުވާ އަނބުރާ ގެންދަން އެއްބަސްވެފައެވެ.
މި އެއްބަސްވުމުގެ ދަށުން ޓްރަމްޕަށް ސީދާ ފައިސާ ނުލިބުނު ނަމަވެސް، އޭނާގެ ކިބައިން ރަސްމީކޮށް މައާފަށް އެދުމަށާއި، ޓްރަމްޕާއި އޭނާގެ ވިޔަފާރިތަކުގެ ކުރީގެ އެއްވެސް ޓެކްސް މައްސަލައެއް އައި.އާރު.އެސްއަށް ދެން ނުބެލޭނެ ގޮތަށް ވަނީ ކަނޑައަޅާފައެވެ.
ކުރީގެ ފަނޑިޔާރުން ފާހަގަކުރާ ގޮތުގައި، ދައުވާ އަނބުރާ ގެންދިޔައިރު މިފަދަ އެއްބަސްވުމެއް އޮތްކަން ކޯޓަށް ސިއްރުކޮށްފައިވުމަކީ އަދުލު އިންސާފުގެ ނިޒާމަށް އޮތް އިތުބާރު ގެއްލޭނެ ކަމެކެވެ. އެ ބޭފުޅުން ތުހުމަތު ކުރައްވާ ގޮތުގައި މިއީ ގާނޫނުއަސާސީއާ ހިލާފަށް ދައުލަތުގެ ފައިސާ ބޭނުންކޮށްގެން އަމިއްލަ ނާޖާއިޒު ފައިދާ ހޯދުމަށް ހިންގާފައިވާ އަމަލެކެވެ.
މި މައްސަލަ ކުރިން ބެއްލެވި ފަނޑިޔާރު ކެތްލީން ވިލިއަމްސް ވެސް ވަނީ، ދައުވާކުރާ ފަރާތާއި ދައުވާ ލިބޭ އިދާރާގެ ވެރިއަކީ އެއް ފަރާތެއް ކަމަށްވާތީ، މީގައި ހަޤީގީ ޤާނޫނީ ދެބަސްވުމެއް އޮތްތޯ ސުވާލު އުފައްދަވާފައެވެ.
މި މައްސަލައިގައި ޓްރަމްޕް ވިދާޅުވީ، މި ނިންމުމަކީ އޭނާއަށް ލިބޭ ފައިދާއަށްވުރެ ބޮޑަށް، ސަރުކާރުގެ އަނިޔާވެރިކަމުގެ ޝިކާރައަކަށްވި އެހެން ފަރާތްތަކަށް އެހީތެރިވުމަށް ނިންމި ނިންމުމެއް ކަމަށެވެ. ނަމަވެސް ކުރީގެ ފަނޑިޔާރުން ބާރުއަޅުއްވަނީ، މި މައްސަލައިގައި ހިމެނޭ އާދަޔާ ހިލާފު ކަންތައްތަކުގެ ސަބަބުން ކުރީގެ ހުކުމް ބާތިލުކޮށް، ޝަރުއީ ގޮތުން މައްސަލަ އަލުން މުރާޖައާ ކުރުމަށެވެ.

ކިޔުންތެރިންގެ ހިޔާލު