އުމަރު ނަސީރު
އުމަރު ނަސީރު
ރާއްޖޭގެ ފަޚުރުވެރި ޤައުމީ ދުވަސް ފާހަގަކުރަމުންދާއިރު، ދިވެހިރާއްޖޭގެ މިނިވަންކަމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެފައިވާކަމަށް ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

ޤައުމީ ދުވަހުގެ މުނާސަބަތުގައި އުމަރު ނަސީރު ފޮނުއްވި މެސެޖުގައި ވިދާޅުވީ މިއަދަކީ ދިވެހިންގެ ބަޔަކު ނުކުމެ ޕޯޗުގީޒުންގެ ލަޝްކަރެއް، ހަނގުރާމައެއްގައި ބަލިކޮށް، ޕޯޗުގީޒުން މިޤައުމުން ބޭލި އަޅުގަނޑުމެންގެ އުފާވެރި ޤައުމީ ދުވަސްކަމަށެވެ.

އުމަރު ވިދާޅުވީ ޕޯޗުގީޒުން އަޅުގަނޑުމެންނަށް ހަމަލާ ދިނީ ކަނޑިއާއި ބަޑިންކަމަށެވެ. ނަަމަވެސް މިޒަމާނުގައި ހަމަލާދެނީ ކަނޑިއާއި ބަޑިއަކުން ނޫންކަމަށާއި މިޒަމާނުގައި އެހެނިހެން ނުސީދާ ގޮތްތަކުން ޤައުމުތަކަށް އަރާ ޤައުމުތައް ހިފަމުންދާކަމަށް އުމަރު ވިދާޅުވިއެވެ. އެގޮތުން މިއަދު ޤައުމީ ދުވަސް ފާހަގަކުރަމުންދާއިރު އިންޑިއާގެ 200 ސިފައިން ރާއްޖޭގެ 3 ސަރަޙައްދެއްގައި ދަނީ ހަރަކާތްތެރިވަމުންކަމަށް އުމަރު ވިދާޅުވިއެވެ. އަދި މިއީ ދިވެހިރާއްޖޭގެ މިނިވަންކަމަށް އޮތް ވަރަށް ބޮޑު ނުރައްކަލެއްކަަމަށާއި މިއީ ހުއްޓުވަންޖެހޭ ކަމެއްކަމަށް އުމަރު ވިދާޅުޗިއެވެ.

މާތްﷲ އިރާދަފުޅާއެކު މިޤައުމުގެ މިނިވަންކަން ދިފާއުކުރުމަށް އަބަދުވެސް ރައްޔިތުން ތެދުވާނެކަމަށް ޤައުމީ ދުވަހުގެ މުނާސަބަތުގައި އުމަރު ފޮނުއްވި މެސެޖުގައި ވިދާޅުވެފައިވެއެވެ.

2023 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަކުރަށްވާނެކަން އިޢުލާން ކުރަށްވައި ކެމްޕޭން ކުރަށްވަމުން ގެންދަވާ އުމަރު ނަސީރު ގެންދަވަނީ ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާއި ދެކޮޅަށް ވަރަށް ބޮޑަށް ވަކާލާރު ކުރަށްވައި ފާޅުގައި އެކަމާ ދެކޮޅަށް ވާހަކަ ދައްކަވަމުންނެވެ. އުމަރު ވިދާޅުވަނީ އިންޑިއާ ސިފައިން އަމިއްލައަށް ނުފައިބައިފިނަމަ ދިވެހިން ނުކުމެ އަދި އެމީހުން ބާލާނެ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު


-9

ފާތުން ގަލޮޅު

19-Oct-2020

އެއްވެސް ނުރައްކަލެއް ނެއް ތިޔުޅެނީ ބިރުވެރިކަން އުފައް ދައިގެން ބަގާވާތް ޖުރަން


-2

އައްބެ

19-Oct-2020

ކޯންޗެކޭކިޔަންތޯ ތިއުޅެނީ ރައްޔިތުންނައް އޮޅުވާ ލައިގެން އަނެއް ބަގާވަތް ރާވަން ތިޔުޅުއްވަނީ


-1

އުމަރު

19-Oct-2020

ކޮންކަހަލަ ނުރައް ކަލެއް ތޯ އޮތީ އެއްސް ނުރައްކަލެއް ނެއް ހަމަ އެކަނި އޮތް ނުރައް ކަލަކީ ކަލޭ އިސް ވެ ހުރެ އަނެއް ކާ ވެސް ބޮޑު ބަގާވާތެއް ކޮއްފާނެތީ އޮތް ބިރު