އަހުމަދު މަސްނޫމް   19 އޮކްޓޯބަރު 2020 - 1:19
ކޯވިޑް-19 ޖެހުނު އިތުރު ދިވެއްސަކު ނިޔާވެ، މިބަލީގައި ރާއްޖެއިން މަރުވި މީހުންގެ އަދަދު 37 އަށް އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީން، އެޗްޕީއޭއިން ބުނީ، ކޯވިޑް ޖެހިގެން ނިޔާވީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންދިޔަ 80 އަހަރުގެ ދިވެހި ފިރިހެނެއްކަމަށެވެ. އޭނާ ނިޔާވީ މިއަދު މެންދުރުފަހު 3:50 ގައިކަމަށް އެޗްޕީއޭއިން މައުލޫމާތުދެއްވައެވެ. މިއީ ކޯވިޑް ޖެހިގެން މިމަހު މަރުވި 3 ވަނަ މީހާއެވެ. އެންމެފަހުން ކޯވިޑް ޖެހިގެން މީހަކު މަރުވީ މިމަހުގެ 17 ވަނަ ދުވަހުއެވެ.

މިހާތަނަށް ރާއްޖެއިން 11178 މިހުން ވަނީ ކޯވިޑަށް ޕޮޒިޓިވްވެފައެވެ. މިވަގުތުވެސް ބައްޔަށް ފަރުވާހޯދަމުންދާ 1038 މީހުން ތިބިއިރު، ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން 43 މީހުންނަށް ދަނީ ފަރުވާދެމުންނެވެ


ކިޔުންތެރިންގެ ހިޔާލު


15

ގައުމީ ލޯބި

20-Oct-2020

10 ހާސް މީނުންނަށް ކޮވިޑް ޖެހިގެން ދިވެހިރާއްޖޭގައި އެކަން ސެލެބްރޭޓް ކޮށްފި.. ދައުލަތުގެ ކަމާއި ބެހޭ އިދާރާއަކުން ކޮވިޑު ޖެހުނުމީހުންގެ އަދަދު 10 ހާ ހަށް އެރުމުގެ އުފާ ފާޅުކުރިކަން އެތަނުގެ އުޅުއްވާ ބޭފުޅެއް ވިދާޅުވި ވައްﷲ އައުލަމް.. މިއީ ދެރެކަމެއް އެތައް ބަޔަކު މަރުވެ އެތައް ބަޔަކު ބަލިވީމަ އެކަމުގެ އުފާ ބަޔަކު ފާޅުކުރިނަމަ އެއީ ވަރަށް ލާއިންސާނީ ނާތަހުޒިބު އަމަލެއް. ކުއްވެރި ކުރަން އެއީ ތެދެއް ނަމަ..



ޓްރެންޑިން