ފޯރިގަދަ ކުޅުމަކަށްފަހު، ޕެނަލްޓީ ޖަހައިގެން 4-3 އިން އާސެނަލް ބަލިކޮށް، ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އިން ޔޫއެފާ ޗެމްޕިއަންސް ލީގުގެ ތަށި ޖެހިޖެހިގެން ދެވަނަ ފަހަރަށް ދިފާއުކޮށްފިއެވެ.
ހޮނިހިރު ދުވަހުގެ ރޭ ހަންގޭރީގެ ބުޑަޕެސްޓްގައި ކުޅުނު މި ފައިނަލް މެޗުގެ ފުރިހަމަ ވަގުތާއި އިތުރު ވަގުތު ހަމަވިއިރު ދެ ޓީމު އޮތީ 1-1 އިން އެއްވަރުވެފައެވެ. ޕީއެސްޖީ އަކީ ޗެމްޕިއަންސް ލީގުގެ ތާރީޚުގައި ރެއާލް މެޑްރިޑް ފިޔަވައި، ޖެހިޖެހިގެން ދެ އަހަރު މި މުބާރާތް ކާމިޔާބުކުރި ފުރަތަމަ ކްލަބެވެ.
މެޗު ފެށިގެން ހަވަނަ މިނެޓުގައި އާސެނަލްގެ ކައި ހަވާޓްޒް ވަނީ ލަނޑެއް ޖަހައި އެ ޓީމަށް ކުރިހޯދައިދީފައެވެ. ނަމަވެސް މެޗުގެ ދެވަނަ ހާފުގައި ލިބުނު ޕެނަލްޓީއަކުން އޮސްމާނޭ ޑެމްބޭލޭ ވަނީ ޕީއެސްޖީއަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. މިއީ މި ސީޒަނުގެ މުބާރާތުގައި އެ ޓީމުން ޖެހި 45 ވަނަ ލަނޑެވެ. މިއާއެކު އެ ޓީމުން ވަނީ މުބާރާތުގައި ރެކޯޑެއް ޤާއިމްކޮށްފައެވެ.
ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީ ޝޫޓްއައުޓްގައި އާސެނަލްގެ އެޒޭ ފޮނުވާލި ޕެނަލްޓީ ނާކާމިޔާބުވިއިރު، އެ ޓީމުގެ ޑިފެންޑަރު ގަބްރިއެލް ފޮނުވާލި ފަހު ޕެނަލްޓީ ދިޔައީ ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށެވެ.
ޕީއެސްޖީގެ ކޯޗު ލުއިސް އެންރީކޭއަށް މިއީ ކޯޗެއްގެ ގޮތުގައި ލިބުނު ތިންވަނަ ޗެމްޕިއަންސް ލީގު ތަށްޓެވެ. މީގެ ކުރިން އޭނާ ވަނީ 2015 ވަނަ އަހަރު ބާސެލޯނާއާއެކު މި ތަށި އުފުލާލާފައެވެ. އެންރީކޭ ވަނީ ޕީއެސްޖީގެ ސުޕަސްޓާރުންނަށް ބަރޯސާވުމުގެ ސަގާފަތް ބަދަލުކޮށް، ބާރުމިނުގައި ކުޅޭ ބަދަހި ޓީމެއް ބިނާކޮށްފައެވެ.
އާސެނަލްގެ ކޯޗު މިކޭލް އާޓެޓާގެ އިރުޝާދުގެ ދަށުން މިސީޒަންގައި އެ ޓީމުން ވަރުގަދަ ކުޅުމެއް ދެއްކި ނަމަވެސް، މިއީ އެ ޓީމުން ޗެމްޕިއަންސް ލީގު ފައިނަލެއްގައި ބަލިވި ދެވަނަ ފަހަރެވެ. މީގެ 20 އަހަރު ކުރިން 2006 ވަނަ އަހަރު ބާސެލޯނާއާ ދެކޮޅަށް ކުޅުނު ފައިނަލުންވެސް އާސެނަލް ވަނީ ބަލިވެފައެވެ.
ގަތަރުގެ އިންވެސްޓަރުން ޕީއެސްޖީއާ ހަވާލުވިތާ 14 އަހަރު ފަހުން މިދިޔަ އަހަރު ފުރަތަމަ ފަހަރަށް ތަށި ހޯދިއިރު، މިއަހަރުގެ ކާމިޔާބީއާއެކު އެ ޓީމުން އުންމީދު ކުރަނީ ޔޫރަޕްގެ ފުޓްބޯޅައިގައި އެ ޓީމުގެ ރަސްކަމެއް ގާއިމުކުރުމަށެވެ.

Champions of Europe 2025/26 🏆#UCLfinal pic.twitter.com/NdCM2jeNW3
— UEFA Champions League (@ChampionsLeague) May 30, 2026
ޕީއެސްޖީގެ ކޯޗު ލުއިސް އެންރީކޭއަށް މިއީ ކޯޗެއްގެ ގޮތުގައި ލިބުނު ތިންވަނަ ޗެމްޕިއަންސް ލީގު ތަށްޓެވެ. މީގެ ކުރިން އޭނާ ވަނީ 2015 ވަނަ އަހަރު ބާސެލޯނާއާއެކު މި ތަށި އުފުލާލާފައެވެ. އެންރީކޭ ވަނީ ޕީއެސްޖީގެ ސުޕަސްޓާރުންނަށް ބަރޯސާވުމުގެ ސަގާފަތް ބަދަލުކޮށް، ބާރުމިނުގައި ކުޅޭ ބަދަހި ޓީމެއް ބިނާކޮށްފައެވެ.
އާސެނަލްގެ ކޯޗު މިކޭލް އާޓެޓާގެ އިރުޝާދުގެ ދަށުން މިސީޒަންގައި އެ ޓީމުން ވަރުގަދަ ކުޅުމެއް ދެއްކި ނަމަވެސް، މިއީ އެ ޓީމުން ޗެމްޕިއަންސް ލީގު ފައިނަލެއްގައި ބަލިވި ދެވަނަ ފަހަރެވެ. މީގެ 20 އަހަރު ކުރިން 2006 ވަނަ އަހަރު ބާސެލޯނާއާ ދެކޮޅަށް ކުޅުނު ފައިނަލުންވެސް އާސެނަލް ވަނީ ބަލިވެފައެވެ.
ގަތަރުގެ އިންވެސްޓަރުން ޕީއެސްޖީއާ ހަވާލުވިތާ 14 އަހަރު ފަހުން މިދިޔަ އަހަރު ފުރަތަމަ ފަހަރަށް ތަށި ހޯދިއިރު، މިއަހަރުގެ ކާމިޔާބީއާއެކު އެ ޓީމުން އުންމީދު ކުރަނީ ޔޫރަޕްގެ ފުޓްބޯޅައިގައި އެ ޓީމުގެ ރަސްކަމެއް ގާއިމުކުރުމަށެވެ.
ކިޔުންތެރިންގެ ހިޔާލު