އިދިކޮޅު ކޯލިޝަންގެ އެޑްވައިޒަރު އަދި ކުރީގެ ރައީސް ޑރ.މުހަންމަދު ވަހީދު ހަސަން މަނިކު
އިދިކޮޅު ކޯލިޝަންގެ އެޑްވައިޒަރު އަދި ކުރީގެ ރައީސް ޑރ.މުހަންމަދު ވަހީދު ހަސަން މަނިކު
ދިވެހިންނަކީ އަވަށްޓެރި ގައުމުތަކަށް އިހްތިރާމް ކުރާނެ ގައުމެއް ކަމަށާއި އެކަމަކު ރާއްޖޭގެ މިނިވަންކަން ނަގާލަން އެއްވެސް ގައުމަކަށް ފުރުސަތު ނޯންނާނެ ކަމަށް އިދިކޮޅު ކޯލިޝަންގެ އެޑްވައިޒަރު އަދި ކުރީގެ ރައީސް ޑރ.މުހަންމަދު ވަހީދު ހަސަން މަނިކު މިރޭ ވިދާޅުވެއްޖެއެވެ.

ގައުމީ ދުވަހާ ގުޅިގެން އިދިކޮޅު ކޯލިޝަނުން މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ކުރީގެ ރައީސް ޑރ.މުހަންމަދު ވަހީދު ހަސަން މަނިކު ވިދާޅުވީ، ރާއްޖޭގެ މިިނިވަންކަން ދަމަހައްޓަމުން އައީ ކާބަފައިންގެ މަސައްކަތުން ކަމަށެވެ. އެ މިނިވަންކަން ދެމެހެއްޓުމަކީ ރައްޔިތުންގެ ޒިންމާއެއް ކަން ފާހަގަކުރައްވައި ބައިބައިވުމާއި ހަމަނުޖެހުމަކީ މިނިވަންކަން އެންމެ ފަސޭހައިން ގެއްލިގެންދާނެ ސަބަބު ކަމަށް ރައީސް ވަހީދު ވިދާޅުވިއެވެ. އަދި އެކަން ތާރީޚުން ވެސް ފެންނަން އެބައޮތް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރާއްޖެއަށް ޑިމޮކްރަސީ އައުމާ އެކު، ޑިމޮކްރަސީގެ ނަމުގައި ހިންގާ ކަންކަމުގެ ތެރެއިން ބޭރުގެ ނުފޫޒުތައް ރާއްޖެއަށް ފޯރަމުންދާ ކަން ރައީސް ވަހީދު ވަނީ ފާހަގަކުރައްވާފައެވެ. ރައީސް ވަހީދު ވިދާޅުވީ ނުފޫޒުތައް ދުވަހަކަށް ވުރެ ދުވަހެއް އިތުރުވަމުން ދަނިކޮށް އެކަންކަމަށް ޖާގަ ދެއްވުން ހުއްޓާލެއްވި ބޭފުޅަކީ ކުރީގެ ރައީސް އަބުދު ﷲ ޔާމީން ކަމަށެވެ.

"އަޅުގަނޑުމެންގެ މި ގައުމުގެ މިނިވަންކަމާ ތޮޮޅެން އުޅޭ ކޮންމެ މީހަކީ އަޅުގަނޑުމެންގެ ހަތުރުން. އެ މީހުން ދަންނަންޖެހޭ ދިވެހިންނަކީ ހަމަ ބަލަހައްޓައިގެން ތިބޭނެ ބައެއް ނޫން ކަން." އާ ގާނޫނު އަސާސީގެ ދަށުން ރާއްޖޭގެ ފުރަތަމަ ނާއިބް ރައީސް ކަން ކުރެއްވި ޑރ. ވަހީދު ވިދާޅުވި އެވެ.

މީގެ އިތުރުން ސިޔާސީ ވާދަވެރިންނަށް އަނިޔާވެރިވުން ހުއްޓާލަން ޖެހޭ ކަމަށް ވެސް ރައީސް ވަހީދު ވިދާޅުވި އެވެ. ގައުމީ ދުވަސް ފާހަގަ ކުރާއިރު އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް ޔާމީން ނުހައްގުން ޖަލުގައި ހުންނެވުމަކީ ވަރަށް ބޮޑު ހިތާމައެއް ކަމަށް ރައީސް ވަހީދު ވިދާޅުވިއެވެ. ރައީސް ޔާމިން އަކީ ސިޔާސީ ވާދަވެރިއަކަށް ވިޔަސް، އެމަނިކުފާނާއި މެދު އިންސާފު ގާއިމްކޮށް މިނިވަންކޮށް ދެއްވުމަށް ރައީސް ވަހީދު ވަނީ ގޮވާލައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން