ފުލުހުން ސީން އެއްގައި ހަރަކާތްތެރިވަނީ
ފުލުހުން ސީން އެއްގައި ހަރަކާތްތެރިވަނީ
ގްރޭޓަރ މާލެ އިންޑަސްޓްރިއަލް ޒޯން ކުންފުނީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ރަޝީދު ރޭ ޒަޚަމްވީ އަނބިކަނބަލުންގެ އަތް ދަބަހުގައި އޮތް ކަޓަރަކުން މޭމަތީގައި އެޅިގެން ކަމަށް ފުލުހުން ބުނުމުން ގިނަ ބަޔަކު އެކަމަށް ފާޑު ކިޔައި ސުވާލު އުފައްދަން ފަށައިފިއެވެ.

ފުލުހުން ބުނީ ރޭ މާލޭގައި ތޫނު އެއްޗަކުން މީހަކު ޒަހަމްވީ އެ މީހާގެ އަންހެނުންގެ އަތް ދަބަހުގައި އޮތް ކަޓަރަކުން ގައިގައި އެޅިގެން ކަމަށެވެ.

ރޭ ޒަހަމްވެފައި ވަނީ ގްރޭޓަރ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް، ޖީއެމްއައިޒެޑްއެލްގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު އިބްރާހިމް ރަޝީދު ކަމަށް މައުލޫމާތު ލިބިފައި ވެއެވެ. މިއަނިޔާ ލިބުމާއެކު ފަރުވާ ދިނުމަށް އޭނާ ގެންދިޔައީ އޭޑީކޭއަށް ކަމަށާއި އެކަމުގެ ރިޕޯޓު ފުލުހުންނަށް ލިބުނީ 10:50 ހާއިރު ކަމަށް ފުލުހުން ބުނެ އެވެ.

އެ ހާދިސާ ހިނގީ އިބްރާހިމް ރަޝީދުގެ ދެމަފިރިން ސައިކަލުގައި ދަނިކޮށް އަންހެނުންގެ އަތް ދަބަހުގައި އޮތް ކަޓަރަކުން އިބްރާހިމްގެ ގައިގާ އެޅުމުން ކަމަށް އޭނާ މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އޭގެ އިތުރުން އެއީ ގަސްތުގައި ދިން އަނިޔާއެއް ނޫން ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.

މިކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ފާޑުކީ ބައެއް މީހުން ވަނީ ސައިކަލުގައި ދުއްވާފައި ދިޔައިރު ދަބަހުގައި އޮތް ކަޓަރަކުން މޭމަތި ޒަޚަމްވީ ގޮތަކާއި މެދު ސުވާލު އުފައްދާފައެވެ. އެގޮތުން މިހާދިސާ ތަފާތު ގޮތްގޮތަށް މީސްމިޑިއާގައި ސިފަކޮށްފައި ވެއެވެ.

ފުލުހުން ދަނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ. ރޭ އައްޑޫ ސިޓީ އާއި ފޯކައިދޫގައި ވެސް ޒުވާނަކަށް ހަމަލާ ދިނުމުގެ ސަބަބުން ވަނީ ސީރިއަސް އަނިޔާތަކެއް ވެފަ އެވެ. ފުލުހުން ދަނީ އެމައްސަލަ ބަލަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން