މިއަދު ހަވީރު ރައީސް މުޙައްމަދު ނަޝީދު ކުޅުދުއްފުއްޓަށް ވަޑައިގަތުމަށް ހަމަޖެހިފައިވާއިރު، އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް ވީހާވެސް ގިނަ ރައްޔިތުންވަޑައިގެން ދެއްވުމަށް އެމަނިކުފާނުގެ ސަޕޯޓަރުން އެދިއްޖެއެވެ.
ރައީސް ނަޝީދަށް މިއަދު ހަވީރު 5:30 ގައި ކުޅުދުއްފުށީ އުތުރު ބަނދަރުން މަރުހަބާ ދެންނެވުމަށް މިހާރު ދަނީ ތައްޔާރުވަމުނެވެ.
މި ދަތުރުފުޅަކީ އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގެ ކެމްޕޭނާ ގުޅޭގޮތުން ކުރައްވާ ދަތުރުފުޅެއް ކަމަށްވާއިރު، ރައީސް ނަޝީދުގެ ކެމްޕޭން ޖަގަހަ ހުޅުވުމަށް މިރޭ 8:30 ގައި ބާއްވާ ޚާއްޞަ ރަސްމިއްޔާތު ފޭރުގަސްގޮށުގެ ގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މި އިވެންޓުގައި ބައިވެރިވެވަޑައިގެން ދެއްވުމަށް އެންމެހާ ރައްޔިތުންނަށް ދައުވަތު އަރުވާ ކަމަށް އެމްޑީޕީން ވަނީ ހާމަކޮށްފައެވެ.
އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ފޯރި ގަދަވެފައިވާއިރު، ޕާޓީގެ އިސް ލީޑާޝިޕްގެ ފަރާތްތަކުން އަންނަނީ ރާއްޖޭގެ އެކި ކަންކޮޅުތަކަށް ދަތުރުކޮށް ކެމްޕޭން ހަރަކާތްތައް ވަރުގަދަ ކުރަމުންނެވެ.
އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު އޮތީ މިމަހު 12 ވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު