ދިވެހިރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީ، އެމްޑީޕީގެ ފިކުރާއި ވިސްނުން ދުވަހަކުވެސް ދޫކޮށްނުލައްވާނެ ކަމަށާއި، ނަމަވެސް ޕާޓީގެ ތެރެއިން އެމަނިކުފާނު "އެއްލާލީ" ކަމަށް އެ ޕާޓީގެ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބުގެ ކެމްޕޭނަށް ހއ. ކެލާއަށް ކުރެއްވި ޒިޔާރަތެއްގައި އެރަށުގެ ރައްޔިތުންނާ ބައްދަލުކުރަށްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ނަޝީދު ވިދާޅުވި ގޮތުގައި ސިޔާސީ ޕާޓީއަކީ ހަމައެކަނި ނަމެއް ނޫން ކަމަށާއި، އެއީ އިންސާނާގެ ފިކުރާ ގުޅިފައިވާ ކަމެކެވެ. އެމަނިކުފާނުގެ ޙަޔާތުގެ ދެބައިކުޅައެއްބަޔަށްވުރެ ދިގު މުއްދަތެއް ހޭދަކުރެއްވި އެމްޑީޕީގެ އަސާސްތަކާއި ވިސްނުން ދުވަހަކުވެސް ބަދަލުނުކުރެވޭނެކަން ފާހަގަކުރައްވަމުން، އަމިއްލަ އިޚްތިޔާރުގައި ޕާޓީ ދޫކޮށް ވަޑައިނުގަންނަވާނެ ކަމުގެ ޔަގީންކަން ތަކުރާރުކޮށް ދެއްވިއެވެ.
އެމަނިކުފާނު ސިފަކުރެއްވި ގޮތުގައި ޕާޓީއާ ދުރަށް ދާންޖެހުނީ މަޖުބޫރުވެގެން، ޕާޓީގެ ތެރެއިން ބާކީކޮށްލުމުންނެވެ.
އެމްޑީޕީ އުފެއްދުމަށްޓަކައި ކުރެވުނު ދިގު އަދި ބުރަ މަސައްކަތްތަކުގެ ހަނދާންތައް އާކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ، ޕާޓީ ވުޖޫދަށް ގެނައުމަށްޓަކައި އެމަނިކުފާނުގެ މުޅި ޒުވާން އުމުރު ހޭދަކުރަންޖެހުނީ ޖަލުގެ ގޮޅިތަކުގައި ކަމަށެވެ.
އަދި 2005 ވަނަ އަހަރު ރަސްމީކޮށް ޕާޓީ އުފެދުނީއްސުރެ 2023 އާ ހަމައަށް ޕާޓީ ވަރުގަދަކޮށް ކުރިއެރުވުމަށް ނުހަނު ގިނަ ގުނަ މަސައްކަތްތަކެއް ކުރައްވާފައިވާނެ ކަމަށް ވިދާޅުވިއެވެ. އެގޮތުން ޕާޓީގެ ޙަރަކާތްތަކުގައާއި ރައްޔިތުންގެ ހާލު ބެއްލެވުމަށް ހަމައެކަނި ކެލާއަށްވެސް 27 ވަރަކަށް ފަހަރު ޒިޔާރަތް ކުރައްވާފައިވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ޕާޓީގެ ތެރޭގައި އުފެދުނު ބޮޑެތި ޚިޔާލުތަފާތުވުންތަކާއި ސިޔާސީ ހަލަބޮލިކަމަށް އިޝާރާތް ކުރައްވައި، ރައީސް ނަޝީދު ވަނީ އެކަންކަމުގައި އެމަނިކުފާނުގެވެސް ބައިވެރިވުމާއި ސަބަބުތަކެއް ހުރެދާނެކަމަށް ގަބޫލުކުރަށްވައި، އެކަމަށްޓަކައި އާންމު މެންބަރުންގެ ކިބައިން މައާފަށް އެދިވަޑައިގަންނަވާފައެވެ.
ނަމަވެސް އެމްޑީޕީދެކެ އެމަނިކުފާނަށްވުރެ ބޮޑަށް ލޯބިވާނެ އަދި ޕާޓީގެ ކުރިމަގަށް ވިސްނާނެ ދެވަނަ މީހަކު ނުހުންނާނެ ކަމަށް ވިދާޅުވެ، އެމަނިކުފާނުގެ ސިޔާސީ އަސާސްތައް ދުވަހަކުވެސް ގުޑައިގެން ނުދާނެ ކަމުގެ ފުރިހަމަ ޔަގީންކަން ރައްޔިތުންނަށް އެރުވިއެވެ.

ކިޔުންތެރިންގެ ހިޔާލު