ރައީސް ވަހީދަށް އިސްތިއުފާ ދެއްވުމަށް އިންޑިއާގެ ފޮރިން ސެކްރެޓަރީ މަޖުބޫރުކުރިކަމަށް ބުނާ ބައްދަލުވުން
ރައީސް ވަހީދަށް އިސްތިއުފާ ދެއްވުމަށް އިންޑިއާގެ ފޮރިން ސެކްރެޓަރީ މަޖުބޫރުކުރިކަމަށް ބުނާ ބައްދަލުވުން
ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި ޑރ. ވަހީދު ހުންނަވަނިކޮށް އެމަނިކުފާނު އިސްތިއުފާދެއްވުމަށް އެދުނީ އިންޑިއާގެ އޭރުގެ ފޮރިން ސެކްރެޓަރީ ރަންޖަން މަތާއީކަމަށް ސައިރިކްސް ކޮލެޖްގެ ޗެއަރމަން އަހުމަދު ޝަރީފް (ސައިރިކްސް) މިއަދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ސިޔާސީ މަސްރަހު ދިރާސާ ކުރަށްވާ އަދި މަތީ ތަޢުލީމީ ދާއިރާގެ ތަޖުރިބާކާރު ޝަރީފް މިހެން ވިދާޅުވެފައި މިވަނީ، ރައީސް ކަމުގައި ހުންނަވަނިކޮށް ބޭރު ގައުމެއްގެ ވަޒީރު ފެންވަރުގެ ބޭފުޅަކު މަގާމުން އިސްތުއުފާ ދެއްވުމަށް ހުށަހެޅުއްވި ކަމަށް ޑރ ވަހީދު ވިދާޅުވެފައިވަނިކޮށެވެ. ވަހީދު ވިދާޅުވީ ބޭރުގެ ޑިޕްލޮމޭޓްގެ ބަސް އައްސަވައިގެން އެ ދުވަހު އިސްތިއުފާ ދެއްވި ނަމަ ރާއްޖޭގެ މިނިވަންކަން ގެއްލޭނެކަމަށެވެ.

މިކަމާބެހޭ އިތުރު ތަފުސީލު ހިއްސާކުރައްވަމުން ޝަރީފް ވިދާޅުވީ މަޤާމުން އިސްތިއުފާދެއްވުމަށް ޑރ. ވަހީދަށް ދެންނެވީ އިންޑިއާގެ އޭރުގެ ފޮރިން ސެކްރެޓަރީ ރަންޖަން މަތާއީކަމަށެވެ. އަދި އެދުވަސްވަރު ޑރ ވަހީދު އެވާހަކަ ޝަރީފާ ހިއްސާކުރެއްވިކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.



ޝަރީފް ވިދާޅުވީ ޑރ ވަހީދު އިސްތިއުފާދެއްވުމަށް އިންކާރު ކުރެއްވުމުން އިންޑިއާއަށް ދައްކަންހުރި ހުރިހާ ފައިސާއެއް ވަގުތުން ދައްކަން އިންޑިއާއިން އެންގިކަމަށެވެ. އެގޮތުން އިންޑިއާގެ އެސްބީއައި ބެންކުން ނަގާފައިވާ 50 މިލިއަން ޑޮލަރުގެ ޕޭމަންޓެއް ވަގުތުން ދައްކަން ސަރުކާރަށް އެންގިކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.



އަދި މި އެންގުމާއި އެއްގޮތަށް ސަރުކާރުން ވަގުތުން ވަގުތަށް ހުރިހާ ފައިސާއެއް ދެއްކިކަމަށްވެސް ޝަރީފް ވިދާޅުވިއެވެ. އެފައިސާ ދެއްކުމުގައި އިސްކޮށް އުޅުއްވީ ކުރީގެ ޑިފެންސް މިނިސްޓަރ މުހައްމަދު ނާޒިމާއި އޭރުގެ ޓޫރިޒަމް މިނިސްޓަރ އަހުމަދު އަދީބުކަމަށްވެސް ޝަރީފް ވިދާޅުވިއެވެ. ޝަރީފް ވިދާޅުވީ އެފައިސާ ދެއްކީ އެމްއެމްއޭގެ ރިޒާވުން ނަަގައިގެންކަމަށާއި، އެކަމުގައި އުނދަގުލަކަށްވީ ކުއްލި ގޮތަކަށް ޑޮލަރުން ފައިސާ ދައްކަންޖެހުންކަމަށެވެ.



އިދިކޮޅު ކޯލިޝަނުން ގައުމީ ދުވަސް ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޑރ. ވަހީދު ވިދާޅުވީ، ކުޑަ ދުވަސްކޮޅަކަށް ރާއްޖޭގެ ވެރިކަން ކުރެއްވުމަށް އެމަނިކުފާނަށް ލިބިވަޑައިގަތް ކަމަށާއި އެ ދުވަސްވަރަކީ ބޭރުންނާއި އެތެރެއިން އެކި ކަހަލަ ފިއްތުންތައް ކުރިމަތިވެވަޑައިގަތް ދަތި ދުވަސްވަރެއް ކަމަށެވެ.



"ބޭރު ގައުމެއްގެ ވަޒީރުން ފެންވަރުގެ ބޭފުޅަކު ވަޑައިގެން އަޅުގަނޑު ކައިރީގައި ވިދާޅުވަނީ އެއް ދުވަހަކު، މިއަދު އެކެއް ޖަހާއިރު ހިނގާށޭ ޓީވީއަށް އަރަން ރައީސް އިސްތިއުފާ އިއުލާނު ކުރަން. ތިމަންނައާ އެކީގައޭ އަރާނީ. މިއީ ދުވަހަކު ވެސް އެއްވެސް ގައުމެއްގައި ހިނގާފައި އޮތް ކަމެއް ނޫން. މި ވަރުގެ ދަށު ދަރަޖައިގެ އަމަލެއް އެއްވެސް ގައުމަކުން އަނެއް ގައުމާ ދޭތެރޭގައި ނުކުރޭ. އެ ދުވަހު އޭނާއާ އެކު އަޅުގަނޑު ޓީވީއަށް އެރި ނަމަ އެ ދުވަހު ދިވެހިރާއްޖޭގެ މިނިވަންކަން ގެއްލުނީސް." އދ ގައި ގިނަ ދުވަސްތަކެއް ވަންދެން ވަޒީފާ އަދާކުރަށްވާފައިވާޑރ. ވަހީދު ވިދާޅުވިއެވެ.

ދިވެހިންގެ ތެރޭގައި އިންޑިއާއަށް ފާޑުކިޔުން ވަރަށް ބޮޑަށް އިތުރުވެފައިވާއިރު، މިފާޑުކިއުންތައް އެންމެ ބޮޑަށް އަމާޒުވެފައިވަނީ ރާއްޖޭގައި އިންޑިއާގެ ގިނަ އަދަދެއްގެ އަސްކަރީ ސިފައިން ތިބޭ މައްސަލައިގައެވެ. އިންޑިއާއިން ހަދިޔާކުރި ދެ ހެލިކޮޕްޓަރާއި ފަހުން ގެނައި އަސްކަރީ ކުޑަ ޑޯނިޔާ މަތިންދާބޯޓު ދުއްވުމާއި ބެލެހެއްޓުމުގެ ނަމުގައި އިންޑިއާގެ 200 އަށްވުރެ ގިނަ ސިފައިން ރާއްޖޭގެ އެކި ސަރަހައްދު ތަކުގައި ގާއިމުވެ އެބަތިބި ކަމަށް ސިޔާސީ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ. ނަމަވެސް ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު ހާމަކުރުމަށް ސަރުކާރުން ވަނީ ދެކޮޅު ހަދާފައެވެ.


ކިޔުންތެރިންގެ ހިޔާލު


-2

ޟާއިރު

20-Oct-2020

ކޮބާ! މިވަރު ވީމާ ވެސް ހަމަ އޯކޭ ތަ?? ޢިލްވެރީންނޭ!! ރައްޔިތުން! ޢިދިކޮޅޭ! މެދު ކޮލޭ! ވިސްނާ ފިކުރުކޮއް އަވަސް ފިޔަވަޅު ނޭޅިއްޖެ ނަމަ?? އެމެރިކާ އަޑީގައި އޮވެގެން އަނބުރާ ގޭސް! ޚޮވިޑައް ވުރެ ނުރައްކާވީނު? ޑރ. ވަހީދު ކީއްވެ ތިވާހަ ކުރިނ ނުބުނީ! އިދި ކޮލި ބައިސާ ކަނދަި. ޥާކަމެއް ނެތް.


0

ހުސެން ފުޅ

20-Oct-2020

ގަބޫލް ކުރަން ދަތި ވާހަކައެއް


4

އައްބެ

20-Oct-2020

ފިތުނަ އުފައްދަން ދައްކާ ހޮޅި ވާހަކަ ތީ ހުސް ޕުރޮޕެގެންޑާ


13

ފާތުން

20-Oct-2020

ތީހުސް ހޮޅި ވާހަކ ގަބޫލް ކުރަން ދަތި


-9

އަލިބެ

20-Oct-2020

ވަހީދު މިހާރު ހަދަހަދާގެން ފާޑު ފާޑު ވާހަކަ ދައްކަނީ އަންޑިޔާ އާއި ރާޖެ އާ ޖެއްސުމައް


-8

ގައުމީ ލޯބި

20-Oct-2020

އިނަޑިޔާ އައުޓު ކުރަންވީ މިހެންވެގެން



ޓްރެންޑިން