ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް އައްޔަންކުރި ގާސިމް އަބްދުލް ކަރީމާ
ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް އައްޔަންކުރި ގާސިމް އަބްދުލް ކަރީމާ
ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން، އެންއައިސީގެ މެންބަރުކަމަށް 3 ބޭފުޅަކު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ނެޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ މެމްބަރުކަމަށް އައްޔަންކޮށްފައިވަނީ އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތް ފަޅާ އަރުވާލި ގާސިމް އަބްދުލް ކަރީމާއި އާމިނަތު ޝާދިޔާއާއި އާމިނަތު ޝިއުނާގެ އިތުރުން ޖޭއެސްސީގެ ކުރީގެ މެމްބަރު ޝުއައިބް އަބްދުއްރަހުމާނެވެ. އެންއައިސީގެ ރައީސްކަމުގެ މަޤާމު ހުސްވެފައިވަނީ ކުރިން އެމަޤާމުގައި ހުނެންވި އަޙްމަދު ސުލައިމާން އެމަޤާމުން ވަކިކުރުމުންނާއި އެންއައިސީގެ ނާއިބް ރައީސް ހައްސާން ހަމީދާ، މެންބަރު ހަދީޖާ އަބްދުﷲގެ އިތުރުން ކޮމިޝަންގެ މެންބަރު އަހުމަދު އަމީން މަގާމުން އިސްތިއުފާ ދެއްވުމުންނެވެ.

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަކީ، ކަސްޓަމްސް ސަރވިސްއާއި، މޯލްޑިވްސް ޕޮލިސް ސަރވިސްއާއި، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއާއި، މޯލްޑިވްސް އިމިގްރޭޝަން ގެ މުވައްޒަފުން ކުރާ ޤާނޫނާއި ގަވާއިދާ ޚިލާފު ޢަމަލުތައް ބަލައި ތަޙްޤީޤުކުރަން އޮންނަ މުއައްސަސާއެކެވެ. އަދި އެފަދަ ޢަމަލެއްކަމަށް ތުހުމަތުކުރެވޭ ޢަމަލެއް އެއްވެސް ފަރާތަކުން ހިންގައިފިކަމަށް ނުވަތަ ހިންގަން އުޅޭކަމަށް ތުހުމަތުކޮށް މައްސަލައެއް ހުށަހަޅައިފިނަމަ، އެކަމެއް ބަލައި ތަޙްޤީޤުކުރުމަކީވެސް އެކޮމިޝަނުގެ މަސްއޫލިއްޔަތެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން