2012 އިން 2018 އަށް ދައުލަތުގެ ދަރަނި 172 ބިލިއަން ރުފިޔާއަށްވުރެ މައްޗަށް ގޮސްފައިވާކަމަށް ރައްޔިތުންގެ މަޖިލީހުން އެކުލަވާލި ދައުލަތުގެ ދަރަންޏާ ގުޅޭ ރިޕޯޓުން ހާމަވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފިނޭންސް މިނިސްޓްރީން ދީފައިވާ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް މަޖިލީހުން އެކުލަވާލި ދައުލަތުގެ ދަރަންޏާ ގުޅޭ ރިޕޯޓް މުޅި މަޖިލިސް ކޮމިޓީއަށް ވަނީ ހުށަހަޅާފައެވެ.
2012އިން 2018އަށް ނަގާފައިވާ ދަރަނީގެ ތަފްސީލް
• ދޭދޭ ޤައުމުތަކުން ނަގާފައިވާ ދަރަނި: 13،079،356.45
• ބައިނަލް އަޤުވާމީ ޖަމްއިއްޔާ ޖަމާއަތްތަކުން ނަގާފައިވާ ދަރަނި: 12،943،170،194.76
• ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ދައުލަތުގެ ނަމުގައި ދޫކޮށްފައިވާ ގެރެންޓީގެ ދަރަނި: 41،100،330،594.52
• ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ނުދައްކާ ހުރިބިލްތައް: 5،418،217،200.28
• ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އޯވާރޑްރާފްޓްގެ އަދަދު: 78،759،180.74
• އެމްއެމްއޭއިން ނަގާފައިވާ ލޯނާއި، ގަނެފައިވާ ބޮންޑާއި، އަދި ޓްރެޝަރީ ބިލް: 7،410،091،183.32
• ސަރުކާރުން އެހެން ފަރާތްތަކަށް ވިއްކާފައިވާ ޓީ-ބިލް އަދި ބޮންޑް: 91،989،000،000.00
• ދައުލަތުގެ ޖުމްލަ ދަރަނި: 172،019،077،710.06
ދަރަންޏާއި ބެހޭ ރިޕޯޓް މަޖިލީހަށް ހުށަހަޅުއްވަމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ދަރަނީގެ ގޮތުގައި ނަގާފައިވާ ގިނަ ދަރަންޏަކީ ޤާނޫނާ އެއްގޮތަށް ނަގާފައިވާ ދަރަނިކަމަށެވެ. ނަމަވެސް މީގެ ތެރެއިން ދެ ދަރަންޏެއް ޤާނޫނާ ޚިލާފަށް ނަގާފައިވާކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
މިއަދުގެ ޖަލްސާއަށް ދަރަންޏާ ގުޅޭ ރިޕޯޓެއް ހުށަހެޅުއްވުމުން އެމްޑީޕީގެ މެމްބަރުންގެ ތެރޭގައި ވަނީ ވަރަށް ބޮޑަށް ދެބަސްވުން އުފެދިފައެވެ. ޖަލްސާގައި ވާހަކަދައްކަވަމުން މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވަނީ މަޖިލީހުން އުޅެނީ ސަރުކާރު ބަދުނާމުކުރުމަށްކަމަށް ތުހުމަތުކުރަށްވާފައެވެ. އެހާހިސާބުން އެމްޑީޕީގެ އެހެން ބައެއް މެމްބަރުން ވަނީ ޝަރީފަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
މިރިޕޯޓުގެ ބަހުސްގައި ވާހަކަ ދެއްކެވި ގިނަ މެމްބަރުން ވަނީ ދަރަނީގެ ރިޕޯޓް މެމްބަރުންނަށް ނުލިބޭކަމަށް ވިދާޅުވެ، ރިޔާސަތަށް ވަރަށް ބޮޑަށް ފާޑު ކިޔާފައެވެ. އެކަމާ ގުޅިގެން މަޖިލީހުގެ ރައީސް ވިދާޅުވީ މިއަދުގެ މަޖިލީހުގެ ޖަލްސާއަށްފަހު މެމްބަރުންނަށް ރިޕޯޓް ފޮނުވާނޭކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު