މާލޭ މަގުމަތީގައި މަސްތުގެ ހާލަތުގައި ހުރެގެން އިސްލާމްދީނަށް ފުރައްސާރަ ކުރި އިންޑިއާ މީހާ ރާއްޖެއިން ޑީޕޯޓްކޮށްލައިފިއެވެ.

ފުލުހުން ބުނީ މަސްތުގެ ހާލަތުގައި ހުރެ އިސްލާމް ދީނަށް ފުރައްސާރަ ކުރި އިންޑިއާ މީހާ މިމަހުގެ 13 ވަނަ ދުވަހު ރާއްޖެއަށް ދުވަހަކުވެސް ނާދެވޭ ގޮތަށް ޑީޕޯޓްކޮށްލާފައިވާކަމަށެވެ.

މަސްތުގެ ޙާލުގައި މަގުމަތީގައި އުޅުނު މި މީހާ ފުލުހުން ހައްޔަރުކޮށްފައިވަނީ މިމަހުގެ 2 ވަނަ ދުވަހުގެރޭގެ ވަގުތެއްގައެވެ. އަދި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ އޭނާ ދޫކޮށްލާފައެވެ. ނަމަވެސް މިމައްސަލަ ފުލުހުން ދިޔައީ ތަހުޤީޤްކުރަމުންނެވެ.

އިންޑިއާ މީހާ ޑީޕޯޓްކޮށްލާފައިވާއިރު، އޭނާ އިސްލާމްދީނަށް ފުރައްސާރަކުރާ ވީޑިއޯއެއް ވެސް ވަނީ ސޯޝަލް މީޑިއާގައި އާއްމުވެފައެވެ. އަދި އެމައްސަލައިގައި ގިނަ ބަޔަކު ނުރުހުން ފާޅުކޮށް، ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން