ފެނަކަ ކޯޕަރޭޝަންގެ ހިންގުން ހަރުދަނާކޮށް، އެ ކުންފުނީގެ މުވައްޒަފުންގެ އަދަދު އެކަށީގެންވާ މިންވަރަކަށް ތިރިކުރުމުގެ ގޮތުން، ހަތަރު މަހުގެ މުސާރަ އެއްފަހަރާ ލިބޭ ގޮތަށް އަމިއްލައަށް ވަޒީފާއިން ވަކިވުމުގެ ފުރުސަތު އެ ކުންފުނިން އިއްޔެ ހުޅުވާލައިފިއެވެ.
ފެނަކައިގެ ޗީފް ކޯޕަރޭޓް އޮފިސަރު އުސައިދު ހަސަން ސޮއިކުރައްވައި، ކުންފުނީގެ ހުރިހާ ޑިޕާޓްމަންޓްތަކަށް ފޮނުއްވި ރަސްމީ މެމޯއެއްގައި ބަޔާންކޮށްފައިވަނީ، މިއީ ކުންފުނި "ރީސްޓްރަކްޗަރ" ކުރުމަށް ކުރިއަށްގެންދާ މުހިންމު މަސައްކަތެއް ކަމަށެވެ. މި އިސްލާހީ ފިޔަވަޅުގެ މައިގަނޑު މަގުސަދަކީ ކުންފުނީގެ ހިންގުމުގެ ހަރަދުތައް ކުޑަކޮށް، އުފެއްދުންތެރިކަން އިތުރުކުރުމެވެ.
މި ފުރުސަތުގެ ދަށުން އަމިއްލައަށް ވަޒީފާއިން ވަކިވާން ބޭނުންވާ މުވައްޒަފުންނަށް މިއަދުން ފެށިގެން ކުރިއަށް އޮތް އާދިއްތަ ދުވަހުގެ މެންދުރުފަހު 15:00 އާ ހަމައަށް އެ ފުރުސަތު އޮންނާނެއެވެ. ވަޒީފާއިން ވަކިވާން އެދޭ މުވައްޒަފުން އެކަމަށް އެދި ހުށަހަޅަންޖެހެނީ ކުންފުނީގެ ހިއުމަން ރިސޯސް ޑިޕާޓްމަންޓަށެވެ. މިގޮތަށް ވަކިވާ ކޮންމެ މުވައްޒަފަކަށް ހާއްސަ އިނާޔަތެއްގެ ގޮތުގައި ހަތަރު މަސްދުވަހުގެ މުސާރަ އެއްފަހަރާ ދިނުމަށް ކުންފުނިން ވަނީ ނިންމާފައެވެ.
ކުންފުނީގެ މާލީ ހާލަތާއި މުވައްޒަފުންގެ އަދަދާ ގުޅޭގޮތުން ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަފީފު ހުސައިން މީގެ ކުރިން ވިދާޅުވެފައިވަނީ، އެ ކުންފުނީގައި މިހާރުވެސް 8,000 އެއްހައި މުވައްޒަފުން މަސައްކަތް ކުރަމުންދާ ކަމަށެވެ. މިއީ ކުންފުންޏަށް ލިބޭ އާމްދަނީއާ އަޅާބަލާއިރު ނިސްބަތުން އިންތިހާއަށް ގިނަ އަދަދެއްކަން ފާހަގަކުރައްވައި، އަފީފް ވިދާޅުވީ ކުންފުނީގައި ތިބެންވާނީ ނަތީޖާ ނެރެވޭނެ އެކަށީގެންވާ އަދަދެއްގެ މުވައްޒަފުން ކަމަށެވެ.
ފާއިތުވި އަހަރުތަކުގައި ފެނަކައަކީ ސިޔާސީ އެކި ބޭނުންތަކަށް ބޭނުންވާ ވަރަށްވުރެ އިތުރަށް މުވައްޒަފުން ވައްދައި، ކޮރަޕްޝަނުގެ ތުހުމަތުތަކާއެކު މާލީ ގޮތުން ބޮޑެތި ގެއްލުންތަކެއްވަމުން އައި ކުންފުންޏެކެވެ.
ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށް ސަރުކާރުން ފައްޓަވާފައިވާ ސިޔާސަތުގެ ދަށުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު މަދުކުރުމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންގާފައެވެ. އެގޮތުން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) މެދުވެރިކޮށް، ކުންފުނިތަކުގެ މުވައްޒަފުންގެ ތެރެއިން 33 އިންސައްތަ މަދުކުރުމަށް މިދިޔަ އޭޕްރިލް މަހު ވަނީ އިރުޝާދު ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު