މާލޭގައި މިއަދު ހިނގި މާރާމާރީއެއްގައި 2 މީހެއްގެ ބޯ ފަޅާލައިފިއެވެ.

ފުލުހުން ބުނީ މި މާރާމާރީ ހިނގާފައިވަނީ މިއަދު ހެނދުނު 7:55 ހާއިރު ދެ ގްރޫޕެއްގެ ދެމެދުގައިކަމަށެވެ. މަޖީދީމަހު ލެ ޓްރެފިކް ކެފޭ ކައިރީގައި ހިނގި މިމާރާމާރީގައި 2 މީހެއްގެ ބޯ ފަޅައިގެން ގޮސްފައިވާކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ އަނިޔާ ލިބުނު މީހުން އައިޖީއެމްއެޗުން ފަރުވާ ހޯދާފައިވާކަމަށާއި ނަމަވެސް އެމީހުންނަށް ލިބުނު އަނިޔާތައް ސީރިއަސް ނޫންކަމަށެވެ. މިމައްސަލަ ފުލުހުން މިހާރު ތަހުޤީޤްކުރަމުން އަންނަ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

މާލޭގައި މިއަދު ހެނދުނު ދެ ގުރޫޕެއްގެ މެދުގައި މާރާމާރީއެއް ހިނގާފައިވާއިރު، ރޭ އައްޑޫ ސިޓީގައިވެސް ވަނީ ނުރައްކާތެރި މާރާމާރީއެއް ހިންގާފައެވެ. މިމާރާމާރީގައި ޒަހަމްވި މީހާއަށް ސީރިއަސް ޒަހަމްތަކެއް ވަނީ ލިބިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން