މިހާރު އޮތް ސަރުކާރު މަގުމަތީގެ ހަރަކާތްތަކުން ވައްޓާލުމަކީ ތާއީދުކުރައްވާ ކަމެއް ނޫން ކަމަށާއި، ވެރިކަން ބަދަލުކުރަންވާނީ ވޯޓުގެ ޒަރީއާއިން ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ށ. މިލަންދޫގައި ބޭއްވި އެމްޑީޕީގެ ޗެއާޕާސަން ކެމްޕޭން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ވެރިކަން ބަދަލުކުރުމަށް އެހެން ބައެއް ފަރާތްތަކުން މަސައްކަތް ކުރަމުން ދިޔަ ނަމަވެސް، އެމަނިކުފާނުގެ ވިސްނުންފުޅަކީ ޑިމޮކްރެޓިކް ހަމަތަކުގެ މަތިން އިންތިޚާބަކުން ކަންކަން ނިންމުން ކަމަށެވެ. އަދި ވެރިކަމެއް އަމިއްލައަށް ވެއްޓިގެންދާ ހިނދު، އެކަން ހުއްޓުވަން މަސައްކަތް ކުރަންޖެހޭ ސަބަބެއް އޮތް ކަމަށް ގަބޫލުނުކުރައްވާ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ ސިޔާސީ މަޝްރަހު ކުރިއަށް އޮތް ތަނުގައި ބައްޓަން ކުރުމަށްޓަކައި، އެމްޑީޕީން އާ ޖޯޝަކާއެކު ނުކުތުމުގެ މުހިންމުކަން ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ. އެގޮތުން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށްޓަކައި ޕާޓީގެ ރޫހު އާލާކޮށް، ގައުމީ ފެންވަރުގައި ވަރުގަދަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރާއްޖެއަށް އިސްލާހީ ބޮޑެތި ބަދަލުތަކެއް ގެނައި ޕާޓީއަކީ އެމްޑީޕީކަން ފާހަގަކުރައްވައި، ކުރިއަށް އޮތް ތަނުގައިވެސް އެ ޕާޓީއަކީ ގައުމަށް ހެޔޮ ބަދަލުތަކެއް ގެނެސްދޭނެ ވަރުގަދަ ބާރެއްގެ ގޮތުގައި ދެމިއޮންނާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވާ ރައީސް ނަޝީދުގެ މައިގަނޑު އަމާޒަކީ ޕާޓީގެ ހިންގުން އިތުރަށް ހަރުދަނާކޮށް، ކުރިއަށް އޮތް އިންތިޚާބުތަކަށް ޕާޓީ ތައްޔާރުކުރުމެވެ. މި މަހުގެ 12 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި އިންތިޚާބުގައި ރައީސް ނަޝީދާ ވާދަކުރައްވަނީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމެވެ.

ކިޔުންތެރިންގެ ހިޔާލު