ކުދި ފަންތިއާއި މެދުފަންތީގެ ވިޔަފާރިތަކާއި އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށް "ރިކަވަރީ ލޯނު ސްކީމް"ގެ ދަށުން 300 މިލިއަން ރުފިޔާ ދޫކޮށްފައިވާކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން، އެސްޑީއެފްސީ މެދުވެރިކޮށް 1815 ފަރާތަކަށް 300 މިލިއަން ރުފިޔާ ލޯނުގެ ގޮތުގައި ވަނީ ދޫކޮށްފައެވެ. އޭގެތެރޭގައި ކުދި ވިޔަފާރިއާއި، މެދުފަންތީގެ 1254 ވިޔަފާރިއަކަށް ދޫކޮށްފައިވާ 283.2 މިލިއަން ރުފިޔާ ހިމެނެއެވެ. އަދި އަމިއްލަ މަސައްކަތްކުރާ 561 ފަރާތަކަށް ދޫކުރި 16.8 މިލިއަން ރުފިޔާ ހިމެނެއެވެ.
ފިނޭންސްގެ ތަފާސް ހިސާބުތައް ދައްކާގޮތުން އަމިއްލަ މަސައްކަތްކުރާ ކަނބަލުންނާއި ވިޔަފާރިތައް ހިންގާ ކަނބަލުންނަށް 110.3 މިލިއަން ރުފިޔާގެ ލޯނު ވަނީ ދޫކޮށްފައެވެ.
ކޯވިޑް19އާ ގުޅިގެން އެސްޑީއެފްސީން ދޫކުރާ ރިކަވަރީ ލޯނު ސްކީމްގެ ދަށުން އެންމެ ގިނަ ލޯނު ދޫކޮށްފައިވަނީ ވިޔަފާރީގެ ދާއިރާއިންނެވެ. 2 ވަނައަށް އެންމެ ގިނައިން ލޯނު ދޫކޮށްފައިވަނީ އިމާރާތްކުރުމުގެ ސިނާއަތަށެވެ. އަދި ފަތުރުވެރިކަމަށް 52.7 މިލިއަން ރުފިޔާ ދޫކޮށްފައިވާކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައެވެ.
ރިކަވަރީ ލޯނު ސްކީމަކީ ކޯވިޑާ ގުޅިގެން ކުދި ވިޔަފާރިއާއި މެދުފަންތީގެ ވިޔަފާރިތަކަށް ލިބިފައިވާ މާލީ ގެއްލުންތަކުން އަރައިގަތުމަށް އެސްޑީއެފްސީ މެދުވެރިކޮށް ދޫކުރާ ލޯނުތަކެކެވެ.

ކިޔުންތެރިންގެ ހިޔާލު