މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ޖަލްސާއެއް މިރޭ ބޭއްވުމަށް ހަމަޖައްސައިފިއެވެ.
އެމްޑީޕީގެ އޮފީހުން ބުނީ އެޕާޓީގެ ޤައުމީ މަޖިލީހުގެ 171 ވަނަ ބައްދަލުވުން މިރޭ 8:30ގައި ތާޖުއްދީން ސްކޫލް ހޯލްގައި އޮންނާނެކަމަށެވެ. ނަމަވެސް ޤައުމީ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާކޮށްފައިވަނީ ކޮންކޮން ކަންތައްތަކެއްކަން ހާމަކޮށްފައެއްނުވެއެވެ.
އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ޖަލްސާއެއް މިރޭ ބޭއްވުމަށް ތާވަލްކޮށްފައިވާއިރު، އެޕާޓީގެ ތެރޭގައި ބޮޑެތި މައްސަލަތަކެއް އުޅޭކަމަށް ވަނީ އަޑު ފެތުރިފައެވެ. އެގޮތުން ސަރުކާރުގެ ބައެއް ވަޒީރުންގެ އިތުބާރު ނެތްކަމުގެ މައްސަލަތައް މަޖިލީހަށް ވެއްދުމާއި، ޕާޓީއަށް ނިސްބަތްވާ ބައެއް މަޖިލިސް މެމްބަރުން ޕާޓީން ވަކިކުރަން އުޅޭކަމުގެ ވާހަކަތަކެއް ވެސް ވަނީ ފެތުރިފައެވެ. މީގެއިތުރުން ބަރުލަމާނީ ނިޒާމުގެ ބަހުސާއި ދައުލަތުގެ ދަރަންޏާއި ސަރުކާރުގެ ތެރޭގައި އަށެގެންފައިވާ ކޮރަޕްޝަންގެ މައްސަލަތަކުގެ ވާހަކަ ތަކަކީ މިރޭގެ ޖަލްސާގައި ބަހުސްކުރުން އެކަށީގެންވާ އަދި އެމްޑީޕީގެ ބައެއް މެންބަރުން މަޖިލީހުގެ ތަޅުމުގައި ވެސް ކަންބޮޑުވުން ފާޅު ކުރަމުން ގެންދާ މައްސަލަ ތަކެކެވެ.

ކިޔުންތެރިންގެ ހިޔާލު