އަހުމަދު މަސްނޫމް   19 އޮކްޓޯބަރު 2020 - 23:46
ރާއްޖޭގެ ގެސްޓްހައުސްއެއް
ރާއްޖޭގެ ގެސްޓްހައުސްއެއް
މިހާތަނަށް 29 ގެސްޓުހައުސެއް އަލުން ހުޅުވުމުގެ ހުއްދަ ދީފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ.

ކޯވިޑްއާ ގުޅިގެން މިދިޔަ މާޗުމަހުގެ 17 ވަނަ ދުވަހު ގެސްޓްހައުސްތައް ބަންދުކުރުމަށްފަހު އަލުން ހުޅުވާލާފައިވަނީ މިމަހުގެ 15 ވަނަ ދުވަހުއެވެ. ޓޫރިޒަމް މިނިސްޓްރީން ފުރަތަމަ ހުއްދަ ދީފައިވަނީ މާލެ ސަރަޙައްދު ފިޔަވައި އެހެން ސަރަޙައްދުތަކުގެ ގެސްޓް ހައުސްތައް ހުޅުވުމަށެވެ.

ގެސްޓް ހައުސްތައް އަލުން ހުޅުވުމުގެ ހުއްދަ ޓޫރިޒަމް މިނިސްޓްރީން ދެނީ މިނިސްޓްރީން ކަނޑައަޅާ ރައްކާތެރިކަމުގެ އުސޫލުތަކެއްގެ ދަށުންނެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ މިމަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް 4 އަތޮޅަކުން 9 ރަށެއްގައި ހިންގާ 29 ގެސްޓުހައުސެއް ހުޅުވުމުގެ ހުއްދަ ދީފައިވާކަމަށެވެ.

އެ ރަށްތަކަކީ،

- ނ. ފޮއްދޫ

- ކ. ހުރާ

- ކ. މާފުށި

- ކ. ގުރައިދޫ

- އއ. މަތިވެރި

- އއ. އުކުޅަސް

-އއ. ތޮއްޑޫ

- ވ.ތިނަދޫ

- ވ. ފުލިދޫ

ޓޫރިޒަމް މިނިސްޓްރީން ކަނޑައަޅާފައިވާ އުސޫލުގެ ދަށުން ގެސްޓް ހައުސްތައް އަލުން ހުޅުވުމަށް ހުއްދަދޭއިރު އެންމެ ފުރަތަމަ ކަމެއްގެ ގޮތުގައި ބަލާނީ ރަށު ފެންވަރުގައި ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކޮށްފައިވޭތޯއެވެ. އެގޮތުން ކަރަންޓީނާއި، އައިސޮލޭޝަންގެ އިންތިޒާމްތަކާއި، ޞިއްޙީގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކޮށްފައިވާކަން އެ ރަށެއްގެ ކައުންސިލުން މިނިސްޓްރީއަށް ކަށަވަރުކޮށްދޭންޖެހެއެވެ. އަދި ގެސްޓް ހައުސް ހިންގާ ރަށްރަށުގައި މާސްކް އެޅުމަށް އެޗް.ޕީ.އޭއިން ވަނީ އަންގާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން