ކޯވިޑްއާ ގުޅިގެން ރިސޯޓް ވިޔަފާރިތަކަށްވެސް ދަނީ ލޯނު ދޫކުރަމުން
ކޯވިޑްއާ ގުޅިގެން ރިސޯޓް ވިޔަފާރިތަކަށްވެސް ދަނީ ލޯނު ދޫކުރަމުން
ކޯވިޑާ ގުޅިގެން ބީއެމްއެލުން ބޮޑެތި ވިޔަފާރިތަކަށް މިހާތަނަށް 384 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވާކަމަށް ބީއެމްއެލުން ހާމަކޮށްފިއެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން ބީއެމްއެލުން ދޫކުރާ "ރިކަވަރީ ލޯނު ސްކީމް"ގެ ދަށުން މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް 384 ފަރާތަކަށް ވަނީ ލޯނު ދޫކޮށްފައެވެ. މިލޯނުތަކުގެ ޖުމްލައަކީ 544 މިލިއަން ރުފިޔާއާއި 8 މިލިއަން ޑޮލަރެވެ. ބީއެމްއެލުން ބުނީ މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް 579 ފަރާތަކުން ލޯނަށް އެދި ހުށަހަޅާފައިވާކަމަށެވެ. އޭގެތެރެއިން 410 ފަރާތަކަށް ލޯނު ދޭން ނިންމާފައިވާއިރު 16 ފަރާތެއްގެ ފޯމު ވަނީ ބާތިލްކޮށްފައެވެ.

ބީއެމްއެލުން ދޫކުރާ ރިކަވަރީ ލޯނު ސްކީމްގެ ދަށުން ބޮޑެތި ވިޔަފާރިތަކުގެ ތެރެއިން ރިސޯޓް ވިޔަފާރިތަކަށް 7.7 މިލިއަން ރުފިޔާއާ ހަމައަށް ލޯނު ދޫކުރާނެއެވެ. އަދި ރިސޯޓް ނޫން ވިޔަފާރިތަކަށް 1 މިލިއަން ރުފިޔާއާ ހަމައަށް ލޯނު ދޫކުރާނެއެވެ. އިކޮނޮމިކް ރިލީފް ޕެކޭޖުގެ ތެރެއިން ދޫކުރާ މި ލޯންތަކަށް ކުރިމަތިލެވޭނީ 2019 ވަނަ އަހަރު 10 މިލިއަން ރުފިޔާއަށްވުރެ ބޮޑު އާމްދަނީއެއް ލިބިފައިވާ ރިސޯޓުތަކަށާއި އެހެނިހެން ވިޔަފާރިތަކަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން