ރާއްޖޭގެ ފުޓުބޯޅައަށް 75 އަހަރު ފުރުން ފާހަގަކުރުމަށް ބާއްވާ ޑައިމަންޑް ޖުބިލީ މުބާރާތުގައި ކުޅުނު ފުރަތަމަ ދެމެޗުން ބަލިވެ ރާއްޖެ މުބާރާތުން ކަޓައިފިއެވެ.
މި މުބާރާތުގައި މިއަދު ހަވީރު ޕާކިސްތާނު އަތުން ރާއްޖެ ބަލިވީ 3-0 ގެ ނަތީޖާއަކުންނެވެ. މެޗުގެ 53 ވަނަ މިނެޓުގައި ޕާކިސްތާނުން ވަނީ ލީޑު ނަގައިފައެވެ. އަދި ދެވަނަ ލަނޑު މެޗުގެ 84 ވަނަ މިނެޓުގައި ޕާކިސްތާނުން ޖަހާފައިވާއިރު، ޕާކިސްތާނުން ވަނީ މެޗު ނިމުމުގެ ކުރިން ނަތީޖާ 3-0 އަށް ބަދަލުކޮށްފައެވެ.
މިއީ 1991 ވަނަ އަހަރަށްފަހު ރާއްޖެއިން ޕާކިސްތާނުގެ އަތުން ބަލިވި ފުރަތަމަ ފަހަރެވެ. ޕާކިސްތާނު މިއަދުގެ މެޗަށް ނުކުތީ ފުރަތަމަ މެޗުގައި ބަންގްލަދޭޝްއާ 0-0 އިން އެއްވަރުކޮށް ޕޮއިންޓެއް ހޯދައިގެންނެވެ.
މުބާރާތުން ކަޓާފައިވީ ނަމަވެސް، ރާއްޖެއަށް ދެން އޮންނާނީ ބަންގްލަދޭޝް އާއި ދެކޮޅަށް ކުޅޭ މެޗެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި އަފްޣާނިސްތާނު އަތުން ރާއްޖެ ބަލިވީ 1-0 އިންނެވެ.
މި މުބާރާތުގައި ރާއްޖޭގެ އިތުރުން ވާދަކުރަނީ ބަންގްލަދޭޝް، ޕާކިސްތާން އަދި އަފްޣާނިސްތާނެވެ.

ކިޔުންތެރިންގެ ހިޔާލު