އަދާލަތު ޕާޓީގެ އިލްމްވެރިންގެ މަޖިލީހުގެ ނާއިބް ރައީސް ޑރ.މުހަންމަދު އިޔާޒް
އަދާލަތު ޕާޓީގެ އިލްމްވެރިންގެ މަޖިލީހުގެ ނާއިބް ރައީސް ޑރ.މުހަންމަދު އިޔާޒް
މާލޭ މަގުމަތީގައި މަސްތުގެ ހާލަތުގައި ހުރެގެން އިސްލާމްދީނަށް ފުރައްސާރަ ކުރި އިންޑިއާ މީހާ ރާއްޖެއިން ޑީޕޯޓްކުރުމަށް ސަރުކާރުން ނިއްމި ނިއްމުމަކީ ވަރަށް ހިތްވަރުގަދަ ނިންމުމެއް ކަމަށް އަދާލަތު ޕާޓީގެ އިލްމްވެރިންގެ މަޖިލީހުގެ ނާއިބް ރައީސް ޑރ.މުހަންމަދު އިޔާޒް ވިދާޅުވެއްޖެއެވެ.

މަޝްހޫރު ދީނީ އިލްމްވެރިޔާ ޑރ.މުހަންމަދު އިޔާޒް ކުރެއްވި ޓުވީޓެއްގައި ވަނީ، މާލޭ މަގުމަތީގައި މަސްތުގެ ހާލަތުގައި ހުރެގެން އިސްލާމްދީނަށް ފުރައްސާރަ ކުރި އިންޑިއާ މީހާ ރާއްޖެއިން ޑީޕޯޓްކޮށްފައިވާތީ އެކަމަށްޓަކާ ސަރުކާރަށް މަރުހަބާ ވިދާޅުވެފައެވެ. އެ ނިއްމުމަކީ ވަރަށް ހިތްވަރުގަދަ ގައުމީ ނިއްމެވުމެއްގެ ގޮތުގައި ޑރ.އިޔާޒް ވަނީ ސިފަކުރައްވާފައެވެ.

"މިރާއްޖޭގައި އިސްލާމްދީނަށް ފުރައްސާރަ ކުރުމަށް ޖާގަ ދެވިގެންނުވާނެ. މާތް ﷲ ރައީސް އިބްރާހިމް މުހަންމަދު ސޯލިހް އަށް ސާބިތުކަން ދެއްވާށި" މިސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ ޑރ.އިޔާޒް ވިދާޅުވިއެވެ.

ފުލުހުން ބުނީ މަސްތުގެ ހާލަތުގައި ހުރެ އިސްލާމް ދީނަށް ފުރައްސާރަ ކުރި އިންޑިއާ މީހާ މިމަހުގެ 13 ވަނަ ދުވަހު ރާއްޖެއަށް ދުވަހަކުވެސް ނާދެވޭ ގޮތަށް ޑީޕޯޓްކޮށްލާފައިވާކަމަށެވެ.

މަސްތުގެ ޙާލުގައި މަގުމަތީގައި އުޅުނު މި މީހާ ފުލުހުން ހައްޔަރުކޮށްފައިވަނީ މިމަހުގެ 2 ވަނަ ދުވަހުގެރޭގެ ވަގުތެއްގައެވެ. އަދި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ އޭނާ ދޫކޮށްލާފައެވެ. ނަމަވެސް މިމައްސަލަ ފުލުހުން ދިޔައީ ތަހުޤީޤްކުރަމުންނެވެ. އިންޑިއާ މީހާ ޑީޕޯޓްކޮށްލާފައިވާއިރު، އޭނާ އިސްލާމްދީނަށް ފުރައްސާރަކުރާ ވީޑިއޯއެއް ވެސް ވަނީ ސޯޝަލް މީޑިއާގައި އާއްމުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު


-8

ހަޖާމްބެ

20-Oct-2020

އެއީމީގެކުރިންވެސްކޮއްފާހުރިކަންތައްތައް މީގެކުރީގާމައުމޫނެވެރިކަމުގާ ޑޭވިޑްހާޑީހަމްވެސްޑީޕޯޓްކުރި އެކަމަކުއަނެއްކާފަހުން އަންނިގެތިންއަހަރުގެވެރިކަމުގާއަލުންއަނބުރާއޭނާރާއްޖެނެސްރައީސއޮފީހުންބޮޑުމުސަާރަލިބޭވަޒީފާއެއްދިނީ އިޔާޒްއަކައްމިތަނެއްނުފެނުނުދޯ


-4

ހުސޭނުބެ

20-Oct-2020

ތީސިޔާސީ އުކުޅެއް


-6

ފާތުން

20-Oct-2020

ކުރިޔައް އަސްލާމް ދީން ކުރިޔައް ދިވެހި ރާއްޖެ


5

އަލީ

20-Oct-2020

ސަރުކާރައް ތާއީދު ކުރެވެނީ އެހެން ވެގެނޭ


19

ހަސަން ފުޅު

20-Oct-2020

ވަރައް ރަންގަޅު ފުރިހަމަ ނިންމުމެއް


-6

އައްބެ

20-Oct-2020

މަރްހަބާ މަރްހަބާ



ޓްރެންޑިން