އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު
އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު
ކޮވިޑާއި ގުޅިގެން މިހާރު އަޅާފައިވާ ފިޔަވަޅު ތަކަށް ލުއިތަކެއް ދިނުމަށް ރާވާފައިވާ ކަމަށާއި އެހެން ނަމަވެސް ލުއިތައް ދެވޭނީ ލުއިދިނުމުގައި މިހާރު ބަލާ މިންގަނޑުތަކުން ޖުމުލަ ސްކޯ ހަތަރެއް ނުވަތަ އެއަށްވުރެ ދަށުގައި ހިފެހެއްޓިއްޖެނަމަ ކަމަށް އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެ އެވެ.

އެޗްއީއޯސީއިން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. ނަޒްލާ ރަފީގް ވިދާޅުވީ، ރާއްޖޭގައި ކޮވިޑް ޖެހޭ މީހުންގެ އަދަދުތައް ދަށައް ދާން ފަށާފައިވާ ކަމަށާއި، އެހެން ނަމަވެސް ކޮވިޑްގެ ބިރުވެރިކަން އަދިވެސް ފިލައިގެން ނުދާ ކަމަށެވެ. ކޮވިޑް ޖެހޭ މީހުންގެ އަދަދުތައް ދަށައް ދާން ފެށުމަކީ ކުރީގައި އުޅުނު އާންމު ހާލަތަށް ދާންޖެހޭ ކަމެއް ނޫން ކަމަށާއި ބަލިން ރައްކާތެރިވުމަށް މިހާރު އަޅާފައިވާ ފިޔަވަޅުތަކުގައި ދެމިތިބުމަށް ޑރ.ނަޒްލާ ވަނީ އިލްތިމާސްކުރައްވާފައެވެ.

ދުނިޔޭގެ ބައެއް ގައުމުތަކަށް މިހާރު ވެސް ކޮވިޑް-19ގެ ތިންވަނަ ރާޅަކާ ކުރިމަތިވެފައިވާކަން ޑރ. ނަޒްލާ ވަނީ ފާހަގަކުރައްވާފައެވެ. ގައިޑްލައިންތައް އެކުލަވާލަނީ އެވަގުތަކަށް ލިބެން ހުރި އެންމެ ފަހުގެ މައުލޫމާތަށް ބިނާކޮށް، ބަލިން ރައްކާތެރިވެވެން ހުރި ކަންކަން ހިމަނައިގެން ކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ.

"ރެސްޓްރިކްޝަންސްއަށް ދިޔައިމަ ދިރިއުޅުމަށް ވަރަށް ބޮޑެތި ދަތިތަކެއް ކުރިމަތިވޭ. ރެސްޓްރިކްޝަންސްއާ ނުލާ އުޅެވޭނީ މާސްކް އެޅުމާއި މިކަންކަމަށް ސަމާލުކަން ދީގެން ކުރިއަށް އޮތްތަނުގައި މިތިން ހަތަރު ކަމެއްގައި ހިފެހެއްޓިއްޖެއްޔާ ކޭސްތައް މަދު ލެވެލްއެއްގައި ހިފެހެއްޓޭނެ އިތުރު ލުއިތަށް ދިނުމުގައި ވިސްނާފައިިހުރީ މިހާރުވެސް މޮނީޓާ ކުރެވެމުންދާ އިންޑިކޭޓާސް ތައް ބަލާފައި ޖުމުލަ ސްކޯ ހަތަރެއް ނުވަތަ އެއަށްވުރެ ދަށުގައި ހިފެހެއްޓެއްޏާ އިތުރު ލުއިތައް ދޭން، ލުއިދިނުމުގައި ތަންކޮޅެއް ދިގުމުއްދަތެއް ދިނުމާއި މެދު ވެސް އެބަ ވިސްނޭ." ޑރ. ނަޒްލާ ވިދާޅުވިއެވެ.

ލޮކްޑައުންފަދަ ފިޔަވަޅުތައް އަބަދު ނުދެމެހެއްޓޭނެ ކަން ފާހަގަކުރައްވައި ނަޒްލާ ވިދާޅުވީ ކޮވިޑާއެކު އުޅެން ދަސްކުރަން ޖެހޭ ކަމަށެވެ. ޑރ. ނަޒްލާ ވިދާޅުވީ މީގެ ކުރިން ކޮވިޑާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދިނުމުން ކޭސްތައް އިތުރުވީ ލުއިދިނުމުން ނޫން ކަމަށެވެ. އެއީ މާސްކު އެޅުމާއި ގައިދުރުކަން އާންމުންގެ ތެރޭގައި މިހާރު އޮތް މިންވަރަށް އާދަވެފައި ނެތުމުން ކަން ޑރ.ނަޒްލާ ވަނީ ފާހަގަކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން