ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހަންމަދު ނަޝީދު
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހަންމަދު ނަޝީދު
ލޯކަލް ކައުންްސިލް އިންތިހާބަކީ ސަރުކާރަށް ކުރިމަތި ވާނެ ބޮޑު އިމްތިހާނަކަށް ވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހަންމަދު ނަޝީދު މިރޭ ވިދާޅުވެއްޖެެެއެވެ.

ތާޖުއްދީން ސުކޫލްގައި އެމްޑީޕީން މިރޭ ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމްޑީޕީގެ ރައީސް، ރައީސް މުހަންމަދު ނަޝީދު ވިދާޅުވީ  ދައުރުގެ މެދުތެރެއިން ކުރިމަތިވާ ކޮންމެ އިންތިހާބަކީ ވެސް ވަރުގަދަ އިމްތިހާނެއް ކަމަށެވެ. އެފަދަަ އެއްވެސް އިންތިހާބެއް ފަސޭހަ ނުވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އެމްޑީޕީގެ ގައުމީ މަޖިލީހުގެ ފުރިހަަމަ އެހީތެރިކަމުގައި ސަރުކާރަށް އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަން އޮތް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ތި ބޭފުޅުންގެ އެހީތެރިކަމާ އެކީގައި (އެމްޑީޕީގެ) މި އޮޑި ސަލާމަތުގެ އައްސޭރިއަކަށް ގެނެސްދެވޭނެ." ރައީސް ނަޝީދު ވިދާޅުވިއެވެ.

ރާއްޖޭގެ ދަރަނި މަތިވުމާއި ކޮވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެން ކުރިމަތިވި އިގްތިސޯދީ ދަތިކަމުގެ ސަބަބުން ސަރުކާރަށް އޮތީ އުނދަގޫ ދުވަސްތަކެއް ނަމަވެސް އެކަންކަމުން އަރައިގަނެވޭނެ ކަމުގެ ޔަގީން ކަން ރައީސް ނަޝީދު ވަނީ ދެއްވާފައެވެ. ރައީސް ސޯލިހްގެ ސަރުކާރުން ޒިންމާދާރު ކަމާއެކު އެ މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު


9

ރަޝީދު

21-Oct-2020

ރައްޔަތުންގެ ފައިސާއިން ވަށްކަންކޮށްފަ އެފައިސާއިން ވޯޓުގަންނަން ތިއުޅެނީ ވަގުން



ޓްރެންޑިން